ads
ކައުންސިލުން އެދިގެން ރައީސް ސާލިހް ފ. މަގޫދޫއަށް
ފ. މަގޫދޫއަށް ކުރައްވާ ދަތުރުފުޅެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެ އެެރަށަށް ވަޑައިގެންފިއެވެ.
Advertisement

އެނގިފައިވާ ގޮތުގައި މީ މަގޫދޫ ކައުންސިލުގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެރަށު ބަނދަރު މަތީގައި ހަދާފައިވާ ދަތުރުވެރިންގެ ހިޔާ އާއި، ރަސްމީ ފާލަން އަދި ޓްރެކު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އެމަނިކުފާނު ޝަރަފްވެރި ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ، 

މިދިޔަ ރައީސް ސާލިހް ގެ ސަރުކާރުގައި މަގޫދޫ އެއާޕޯޓް ގާއިމުކުރުމުގެ މަސައްކަތް ފަށާ އެ މަސައްކަތުގެ ބޮޑު ބައެއް އޮތީ ނިންމާފައެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ އެ މަސައްކަތް މަޑުޖައްސާލާ އެރަށާއި އިންވެގެން އޮތް ނިލަންދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ފަށާފައެވެ. 

މަގޫދޫ އެއާޕޯޓްގެ މަސައްކަތް މަޑުޖައްސާލުމުން އެ ރަށު ރައްޔިތުން ވަނީ ނުކުމެ އެކަމާއި ދެކޮޅަށް އިހްތިޖާޖުވެސް ކޮށްފައެވެ. އެ ރަށުގެ އެއާޕޯޓްގެ މަސައްކަތް މިހާތަނަށްވެސް ނިމިފައި ނުވާއިރު ސަރުކާރުން ބުނަމުން އަންނަނީ އެ މަސައްކަތް ހުއްޓާ ނުލާކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި މަގޫދޫ އެއާޕޯޓްވެސް ނިންމާ ހުޅުވާނެކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.


44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް