
އަޑުބަރޭ
މީހަކަށް އަނިޔާކުރި މައްސަލައިގައި އަޑުބަރޭގެ މައްޗަށް ދައުވާކޮށްފި
އަހުމަދު ހަސަން
17 އޯގަސްޓް 2025 - 08:10:46
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފި އެވެ.
އަޑުބަރޭގެ މައްޗަށް އުފުލާފައިވާ ޖިނާއީ ތިން ދައުވާއެއްގެ ޝަރީއަތް މިއަދު ކުރިއަށް ގެންދަން ތާވަލުކޮށްފައި ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ، އަނިޔާދިނުމާއި މުދަލަށް ގެއްލުންދިނުމާއި މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއްކޮށްފާނެ ނުވަތަ ބިރުދެއްކުމުގެ ދައުވާ އެވެ.
އަޑުބަރޭއަކީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން ކޮށްފައި ކޯޓަށް ޖާމިނުވީ މީހާއެވެ. އެ މައްސަލައިގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުވެގެން އަޑުބަރޭ 15 ދުވަހަށް ޖަލަށްވެސް ލިއެވެ. އެކަމަކު އެ މައްސަލަ ފަހުންވަނީ ކުރިއަށް ނުގެންދަން ނިންމާފައެވެ.
ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަޑުބަރޭއަކީ ސިޔާސީ އެކްޓިވިސްޓެއްވެސް މެއެވެ. އޭނާވަނީ ނިމިދިޔަ ސަރުކާރުގައި ސިޔާސީ އިސް މަގާމެއް އަދާކޮށްފައެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް