ads
ރައީސް މުއިއްޒު، ޕާކިސްތާނުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވަނީ
ރާއްޖެއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުން: ޕާކިސްތާން ޕްރައިމް މިނިސްޓަރު
ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދޭ ކަމަށް، ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު މުހައްމަދު ޝާހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

މިގޮތަށް ވިދާޅުވެފައިވަނީ ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ މެސެޖަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އެކުވެރި، އަހުވަންތަ ގުޅުން ދެމިއޮތްކަމުގެ ރަމްޒެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ރައީސް މުއިއްޒު އެ ގައުމުގެ މިނިވަން ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ޕްރައިމް މިނިސްޓަރު ޝަރީފަށް އަދި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް