ads
އެމްޑަބްލިޔުއެސްސީން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ރަސްމީކޮށް އެ ހިދުމަތް ބޭނުން ކުރަން ފެށުން
އެމްޑަބްލިޔުއެސްސީ އިން ދަރަވަންދޫގައި ގާއިމްކުރި ނަރުދަމާ ނިޒާމް އިފްތިތާހްކޮށްފި
އެމްޑަބްލިޔުއެސްސީން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ރަސްމީކޮށް އެ ހިދުމަތް ބޭނުން ކުރަން ފަށައިފި އެވެ.
Advertisement

ދަރަވަންދޫގެ ނަރުދަމާ ނިޒާމް އިފްތިތާހް ކޮށްދެއްވީ އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މިރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުހައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.

މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއިން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ޖުމްލަ އަގު 40.29 މިލިއަން ރުފިޔާއަަށް އަރާއިރު، މިމަޝްރޫއުގެ ސަބަބުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެ އެ ކުންފުނިން ވިދާޅުވެފައި ވެެެއެވެ.

މިމަޝްރޫއުގެ ދަށުން، ދަރަވަންދޫގައި، ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އާއި، ސީ އައުޓް ފޯލް އަޅައި، ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް