ads
ސާޖިދު އަދި އޭނާގެ ވަކީލު
ހުވާ ނުކުރާކަމަށް ބުނި މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް
ހުވާ ނުކުރާކަމަށް ބުނި ފުލުސް މީހާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
Advertisement

ހުވާ ނުކުރާ ކަމަށް ޝަރީއަތުގައި ބުނި ފުލުސް މީހާގެ ބަންދު މައްސަލައިގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ އޭނާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން އަންގާފައެވެ. 

މިއީ، ގދ.ތިނަދޫ، ދަފްތަރު ނަންބަރު 47، މުޙައްމަދު ސާޖިދު އަހުމަދު، ވޭޕް ގެންގުޅެ އެތަކެތި ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިގިނރޭޓާ ގުޅޭ ހެކިތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާތީ އެކަމާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ފަހު، ތިނަދޫ ކޯޓުން އޭނާ ދޫކޮށްލި މައްސަލައެވެ. 

މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ، ސާޖިދު ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ ގާނޫނާއި އެއްގޮތަށް ނެރެފައިވާ އަމުރެއްކަމަށްނުވާތީ، އެއަމުރު ބާތިލުކޮށް، ސާޖިދު އަޙްމަދުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ފުލުހުންގެ ހުށަހަޅައިފިނަމަ،ދެ ދުވަސްތެރޭގައި އެކަމާމެދު އަލުން ގޮތެއް ނިންމުމަށް އަންގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް