
މި ކާނާ ކެއި އިތުރު ނުވަ މީހުން ވަނީ ވަރަށް ބޮޑަށް ބަލިވެ، ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ލުއިގީ ބަލިވީ އާއިލާއާއެކު ގެއަށް ދިޔަ މަގުމަތީގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ދިއުމުގެ ކުރިން މަރުވެފައިވާ ކަމަށް ރިޕޯޓް ތަކުން ބުނެ އެވެ. އަނެއް ނުވަ މީހުން އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް މީޑިިއާ ރިޕޯޓުތައް ބުނެ އެވެ.
އިޓަލީ ސަރުކާރުން ވަނީ ބޮޓިއުލިޒަމްގެ ޝައްކެއް އޮތުމާއެކު، ބްރޮކޮލީ ކެއުން މަޑުކޮށްލުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. ބޮޓިއުލިޒަމްއަކީ ކާނާގައި ހުންނަ ނުރައްކާތެރި ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ނޭވާލާން އުނދަގޫވެ، ހަށިގަނޑުގެ ހަރަކާތްތަކަށް އަސަރުކުރެ އެވެ.
އިޓަލީގައި ފަހަކަށް އައިސް ބޮޓިއުލިޒަމްގެ އެހެން ކޭސްތައް ވެސް ފެނިފައިވެ އެވެ. އޮފިޝަލުން ވަނީ މަގުމަތިން ކާނާ ކެއުމުގައި ސަމާލުވުމަށާއި، ބަލިވެގެން ފެންނަ ނިޝާންތަކަށް ސަމާލުވުމަށް އަންގާފަ އެވެ.