މި ވާހަކަތައް ފެތުރެން ފެށީ ރެޑިޓް އެކައުންޓެއްގައި ކެޓްރީނާ ބަލިވެއިން ކަމަށް ބުނެ މިދިޔަ ހަފުތާގައި ކޮށްފައިވާ ޕޯސްޓެއް ވައިރަލްވި ވުމުންނެވެ.
އެހެންނަމަވެސް މިކަމާއި ގުޅިގެން ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ބޮލީވުޑްގެ ވިކީ ކައުޝަލް މިހާތަނަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ކެޓްރީނާ މާބަނޑު ކަމަށް މީގެ އަހަރެއްހާ ދުވަސްކުރިން ވެސް އަޑު ފެތުރުނެވެ. އެކަމަކު، ވިކީ ވަނީ ފަހުން އެ ވާހަކަ ދޮގުކޮށްފައެވެ.
ވިކީ އާއި ކައިވެނިކުރިފަހުން ކެތްރީނާ ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅޭތާ ވެސް މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގައެވެ.
ކެޓްރީނާ ކުޅުނު ފިލްމެއް ނުކުތީ މިދިޔަ އަހަރު ޖެނުއަރީގައެވެ. އެއީ ދެކުނު އިންޑިއާގެ އެކްޓަރު ވިޖޭ ސެތުޕަތީއާއެކު ކުޅުނު ތުރިލާ ފިލްމު "މެރީ ކްރިސްމަސް" އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;