ads
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް އެމްއެމްއޭއިން 15 ސްކޮލަޝިޕް ދީފި - ފޮޓޯ/ އެމްއެމްއޭ
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކިޔެވުމަށް އެމްއެމްއޭއިން 15 ސްކޮލާޝިޕް ދީފި
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ސްކޮލަރޝިޕް ދީފިއެވެ.
Advertisement

މި ސްކޮލަޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމައީލް ޝަފީއެވެ.

އެމްއެމްއޭއިން ބުނީ މި ސްކޮލަޝިޕްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވަސިޓީގެ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި 15 ސްކޮލަޝިޕްގެ ތެރެއިން ފަސް ސްކޮލަޝިޕަކީ ހުރިހާ ހަރަދެއް ހަމަޖައްސައިދޭ، ފުލީ ފަންޑެޑް ސްކޮލަޝިޕްތައް ކަމަށާއި، ބާކީ 10 ސްކޮލަޝިޕަކީ ބައެއް ޚަރަދުތައް ހަމަޖައްސައިދޭ ސްކޮލަޝިޕްތައް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މި ޕްރޮގްރާމަކީ ވިޔަފާރިތަކާއި، އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭގެ އިން ހާމަކުރާގޮތުގައި މި ސްކޮލާޝިޕްތަކަކީ ދިވެހިރާއްޖޭގެ ކުރިއަރަމުންދާ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި އެދާއިރާއިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް