ads
ކެޕްޝަން..އަގުހުރި އިނާމުތަކާއިއެކު އެސްޓީއޯގެ "ބެކް ޓު ސްކޫލް ޕްރޮމޯޝަން" - ފޮޓޯ: އެސްޓީއޯ
އެސްޓީއޯގެ "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ފަށައިފި
އެސްޓީއޯއިން ވަރަށް ހާއްސަ "ބެކް ޓު ސްކޫލް ޕްރޮމޯޝަން" ޕީޕަލްސް ޗޮއިސްގައި ފަށައިފި އެވެ.
Advertisement

އިއްޔެއިން ފެށިގެން މަސް ދުވަހަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގަައި ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުން ކުރެވޭނެ ގިނަ ކާބޯތާކެތި ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.

އޭގެތެރޭގައި، އާއްމުންނާއި ކުޑަކުދިންގެ ތެރޭގައި މަޝްހޫރު ޑެވޮންޑޭލް ކިރު ޕެކެޓް އަދި ކްރޫގާ ބްރޭންޑްގެ ހުރިހާ އުފެއްދުމެއް ވެސް ލިބެން ހުންނާނެއެވެ. މީގެއިތުރުން، ކުއިކްބެރީ އަދި ނަބާޓި ބެރޭންޑުގެ އެކި ރަހަތަކުގެ ބިސްކޯދު ފަދަ ކުޑަކުދިން ގަޔާވާ ޕްރޮޑަކްޓް ތަކެއް ލިބެން ހުންނާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން، މި ބްރޭންޑް ތަކުން 100 ރުފިޔާއަށް ވުރެ ގިނައިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ. ކޫޕަންގެ ގުރުއަތު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމުމަށް ފަހުގަ އެވެ. ގުރުއަތުން ހޮވޭ ވަރަށް ހާއްސަ 3 ކަސްޓަމަރަށް، ކުޑަކުދިންގެ ތެރޭގައި މަގުބޫލު "ޕީކަބޫ" ފިހާރައިގެ އަގުހުރި ތިން ގިފްޓް ވައުޗަރު ލިބިގެން ދާނެ އެވެ. 

އެގޮތުން އެއް ވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 5،000ރ، ދެ ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 2،500ރ އަދި ތިން ވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 1،500ރ ގެ ވައުޗަރެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިއްމު ގިނަ ސާމާނަކުން ބޮޑު ޑިސްކައުންޓްތަކެއްވެސް ލިބިގެންދާނެ އެވެ. ހަމަ އެއާއިއެކު ދެ ޕްރޮޑަކްޓެއް ބައްލަވައިގަތުމުން ހިލޭ އެކަތި ލިބުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން ކުރިޔަށް ދާނީ ގުރުއަތު ޕްރޮމޯޝަން ނިމުމުންކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް