ads
ލަންކާގެ ރައީސް އަނޫރާ ޑިސަނަޔަކަގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ފުރަމާނަ ދަތުރުފުޅު ނިންމަވައިލައްވާ ޑިސަނަޔަކަ ފުރާވަޑައިގެންފި
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ފުރާވަޑައިގެންފަ އެވެ.
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާގެ ރައީސަށް އަލްވަދާއު ވިދާޅުވީ ބައެއް ވަޒީރުންނެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިިކުރުމުގެ މަޝްވަރާތަކާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބޭއްވެވި އެވެ. އަދި ދެ ގައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވި އެވެ.

މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސް ޑިސަނާޔަކެ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިއިރު، މިއަހަރަކީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ތާރީހީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެ އެވެ. ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގަ އެވެ.

މިއީ މުއިއްޒު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ބޭރު ގައުމެއްގެ ދެވަނަ ލީޑަރެވެ. މި ސަރުކާރު އައި ފަހުން އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް