އަތޮޅު މުބާރާތްތައް އަލުން ފަށަން އެފްއޭއެމުން ނިންމީ، މިއަދު އޮތް އެ އިދާރާގެ އާ އެކްސްކޯގެ ފުރަތަމަ ބައްދަލުވުމުވައެވެ.
އަތޮޅު މުބާރާތްތައް އަލުން ފެށުމުގެ އިތުރުން ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަ ކުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ޑައިމަންޑް ޖުބިލީ ކޮމިޓީއެއްވެސް މިއަދު އެކުލަވާލަން ނިންމިއެވެ.
މީގެ އިތުރުން އެފްއޭއެމްގެ ސްޓޭންޑިން ކޮމިޓީތައް އެކުލަވާލަންވެސް މިއަދު ނިންމިއެވެ.