
ރިޕޯޓްތައް ބުނާ ގޮތުން ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ހައްޔަރު ކުރަން އަމުރު ނެރުނީ، ކޯޓަށް ހާޒިރު ނުވެ މިއަދު ރާއްޖެ ވަޑައިގެންނެވި ފަހުންނެވެ.
ނަމަލް ރާއްޖެ ވަޑައިގެންނެވީ، ލަންކާގެ ރައީސްއާއެކު އެއް ފްލައިޓެއްގައި މިއަދު ހެނދުުނުއެވެ. ލަންކާގެ ރައީސް ވަޑައިގަތީ ރާއްޖޭގެ ދައުވަތަކަށެވެ. ނަމަލްގެ ދަތުރަކީ އޭނާގެ އަމިއްލަ ދަތުރެކެވެ. އޭނާއަކީ ވަރަށް ގިނައިން ރާއްޖެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ރާއްޖޭގެ ސިޔާސީ ވަރަށް ގިނަ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ނަމާލް ހައްޔަރުކުރަން އަމުރު ނެރުނީ އޭނާއާ މައްޗަށް ކޮށްފައިވާ އެކި ދައުވާތައް ކޯޓުގައި ހިންގުމަށް ހާޒިރުވާން ކުރި އަމުރުތަކަށް ތަބާވެފައި ނުވާތީ އެވެ.
ނަމާލް ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ޑިސެނަޔަކަ ކާމިޔާބުކުރެއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ.