ads
ހޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން އަދި އެކްޓަރު އެޑަމް ސޭންޑްލަ
"ހެޕީ ގިލްމޯ" ފިލްމާއެކު އެޑަމް ގެ މުއްސަނދިކަން ވީ އިތުރު
ކޮމެޑީގެ ދުނިޔޭގެ މަޝްހޫރު ތަރި، އެޑަމް ސޭންޑްލާ، އޭނާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ހެޕީ ގިލްމޯ' ގެ ދެވަނަ ބަޔާއެކު މި އަހަރު އަނބުރާ އަންނައިރު، އޭނާގެ މުއްސަނދިކަން އިތުރަށް މަތިވާން ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
Advertisement

ހޮލީވުޑްގައި އެޑަމް ސޭންޑްލާގެ ކާމިޔާބީ ފާހަގަކޮށް، ޕެރޭޑްއިން ރިޕޯޓުކުރާ ގޮތުގައި، މިހާރު މި މަޝްހޫރު އެކްޓަރު، ޕްރޮޑިއުސަރު، އަދި ކޮމީޑިއަންގެ އަންދާޒާކުރެވޭ މުއްސަނދިކަން 440 މިލިއަން ޑޮލަރަށް އަރަ އެވެ. ސްޓޭންޑް އަޕް ކޮމެޑީއާއި "ސަޓަޑޭ ނައިޓް ލައިވް" އިން އޭނާގެ ކެރިއަރު ފެށި ސޭންޑްލަ މިހާރު ވަނީ އެންޓަޓެއިންމަންޓް ދުނިޔޭގައި އެންމެ ގިނަ ފައިސާ ހޯދާ ތަރިންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާގެ ފަހުގެ އާމްދަނީން މިކަން ދައްކުވައިދެ އެވެ. 2020 ވަނަ އަހަރު އޭނާއަށް 41 މިލިއަން ޑޮލަރު ލިބުނުއިރު، 2023 ވަނަ އަހަރު އެ އަދަދު 73 މިލިއަން ޑޮލަރަށް އަރައި، އެ އަހަރުގެ އެންމެ ގިނަ އާމްދަނީ ހޯދި އެކްޓަރަށް އޭނާ ވެފައިވެ އެވެ.

އާންމުކޮށް ސޭންޑްލަރަށް ކޮންމެ ފިލްމަކުން 20 މިލިއަން ޑޮލަރު ލިބެ އެވެ. މީގެ އިތުރުން ބޮކްސް އޮފީހުން ލިބޭ ބޯނަސްތަކުން އޭނާއަށް ލިބޭ ފައިސާގެ މިންވަރު މަތިވެގެންދެ އެވެ. އޭނާގެ ފިލްމުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 3 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ހޯދާފައިވެ އެވެ.

1996 ވަނަ އަހަރު ނެރުނު "ހެޕީ ގިލްމޯ" އަކީ ސޭންޑްލަގެ މަޝްހޫރުކަން އުފުލިގެން ދިޔުމުގައި މުހިންމު ދައުރެއް އަދާކުރި ފިލްމެކެވެ. 12 މިލިއަން ޑޮލަރުގެ ކުޑަ ބަޖެޓެއްގައި ހެދި މި ފިލްމުން 41 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ. އޭރު އަލަށް ފެންނަން ފެށި ތަރިއެއްގެ ގޮތުގައި ހުރި ސޭންޑްލަރަށް މި ފިލްމުން 2 މިލިއަން ޑޮލަރު ލިބުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ އޭރު އޭނާއަށް ލިބުނު ވަރަށް ރަނގަޅު އާމްދަނީއެކެވެ.

އެ އަހަރު ފަހުން ނެރުނު "ބުލެޓްޕްރޫފް" ފިލްމު އެހާ ކާމިޔާބު ނުވި ނަމަވެސް، 1998 ވަނަ އަހަރު ސޭންޑްލަރ އަނބުރާ "ދަ ވެޑިންގް ސިންގަ" އާއެކު އައެވެ. 18 މިލިއަން ޑޮލަރުގެ ބަޖެޓެއްގައި ހެދި މި ފިލްމުން 123 މިލިއަން ޑޮލަރު ހޯދައި، ކޮމެޑީ ދުނިޔޭގެ ގަދަ ތަރިންގެ ގޮތުގައި އޭނާގެ މަގާމު އަލުން ކަށަވަރުކޮށްދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް