ads
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްކުރާ މުވައްޒަފުންނަށް ވެދުމެއް އެރުވުން
މިނިވަންކަމަށް 60 އަހަރު: އިގްތިސާދަށް އާ ބުންވަރެއް
މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ހިދުމަތް ފަށާނޭކަމަށް ވަނީ އަންގާފައެވެ.
Advertisement

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އަދި އެންމެ އަގު ބޮޑު އެއް ޕްރޮޖެކްޓްކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މިއަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް ބޭނުންކުރަން ފަށާނެއެވެ. 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓުން ދައުލަތުން ހަދާފައިވާ މި ޓާމިނަލަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ވަސީލަތެކެވެ.

މީޑިއާއަށް ޓާމިނަލްގެ ހިދުމަތްތައް ދެއްކުމަށް އިއްޔެ ބޭއްވުނު ޓްރަޔަލް ސެޝަންގައި އެ ތަނުގެ 47 ޗެކިން ކައުންޓަރުތަކުން ފަސިންޖަރުން ދިޔައީ ހިދުމަތްތައް ހޯދަމުންނެވެ. މިހާރު ބޭނުންކުރާ ޓާމިނަލާ އަޅާބަލާއިރު އާ ޓާމިނަލްގެ އެންމެ ބޮޑު އެއް ތަފާތަކީ ޖާގަ ވަރަށް ބޮޑަށް ތަނަސްވެފައި ހާސްކަން ކުޑަވުމެވެ. ކިތަންމެ ގިނަ ބަޔަކަށް ވެސް ކިޔޫގައި ޓާމިނަލްގެ އެތެރޭގައި ތިބުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ޓޫރިޒަމްގެ އެއްވަނައިގައި އޮތް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް މުޅިން އާ ތަޖުރިބާއަކަށް ވާނެއެވެ.

އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރު، ހަ ސެލްފް ސާވިސް ކައުންޓަރު، 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރު، 28 އެރައިވަލް އިމިގްރޭޝަން ކައުންޓަރު، ހަ ޕެސެންޖާ ބޯޑިން ގޭޓް، ފަސް ބެގޭޖް ކްލެއިމް ބެލްޓް، 14 އެސްކަލޭޓާސް، 4 ވޯކަލޭޓާސް އަދި 41 އެލިވޭޓާ ހިމެނެއެވެ. 

އާ ޓާމިނަލުން ހިދުމަތް ހޯދާ މީހުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރުވާނެއެވެ. ޓާމިނަލުގައި އޮޓަމެޓިކް ސިސްޓަމަކުން ބެގޭޖުތައް ސްކްރީން ކުރުމާއި 12 އޭރޯ ބްރިޖްތައް ޤާއިމްކޮށްފައިވުމުން މިއީ ކުރިން ފެންނަން ނެތް އަދި ރާއްޖެއަށް މުޅިން އާ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް