ads
ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާނާ ވިހަވެއްޖެ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާނާ ވިހަވެއްޖެ އެވެ.
Advertisement

އެކަމާ ގުޅިގެން ނަތަންޔާހޫ މިއަދު ހެނދުނު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިއެއްވެފައެއް ނުވެ އެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ، މިއަދު ހެނދުނު ބޭއްވި ހަފްތާގެ ކެބިނެޓް ބައްދަލުވުމަށް ނަތަންޔާހޫ ހާޒިރުނުވިކަމުގެ ރިޕޯޓުތައް ފެންމަތިވުމާއެކު، އޭނާ ބަލިވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތިން ދުވަހު ގޭގައި މަސައްކަތް ކުރާނެ ކަމަށެވެ.

ނަތަންޔާހޫއަށް އަންނަނީ މި މައްސަލަތަކާ ގުޅިގެން އައިވީ ގުޅައިގެން ފަރުވާ ދެމުން ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ތަންޔާހޫ ކާނާ ވިހަވީ ނުބައިވެފައި ހުރި އެއްޗެއް ކެވިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ ބުނެފައިވެ އެވެ.

ރަހުމު ކުޑަ, އަނިޔާވެރިއެއްގެ ގޮތުގައި މަޝްހޫރު, ނަތަންޔާހޫއަށް މި ފަހުން ވަނީ ސިއްޙީ އެކި މައްސަލަތައް ދިމާވެފައެވެ. އެގޮތުން އޭނާގެ ހަށިގަނޑަށް 2023 ވަނަ އަހަރު ޕޭސްމޭކާއެއް ލައްވާފައިވެ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ވަނީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭ މައްސަލައަކާ ހެދި އޭނާގެ ޕްރޮސްޓޭޓް ވެސް ނަގައިފަ އެވެ. އަދި ހާނިއާ ސާޖަރީއެއް ވެސް ހެދި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް