ads
ރާމާޔަނާގެ ޓްރެއިލާގެ ތެރެއިން
ރާމާޔަނާ: ރެކޯޑުތައް މުގުރާލި އިންޑިއާގެ އެންމެ އަގުބޮޑު އެއް ފިލްމު
އިންޑިއާގެ ފިލްމީ ދުނިޔޭގައި ތާރީހުގައި ލިޔެެވިގެންދާނެ، ދެ ބަޔަށް ބަހާލެވިފައިވާ ބޮޑު ފިލްމު "ރާމާޔަނާ" އަކީ ރިކޯޑްތަށް މުގުރާލި އިންޑިއާގެ އެއްމެ އަގުބޮޑު ފިލްމު ކަމަށް އިންޑިއާގެ ނޫސް ތަކުން ބުނެފި އެވެ.
Advertisement

މި ފިލްމުގެ ޑައިރެކްޓަރަކީ ނިތޭޝް ތިވާރީ އެވެ. އަދި މި ފިލްމު އުފައްދަނީ ނަމިތު މަލްހޯތުރާ އެވެ. 500 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކާއެކު މި ފިލްމު ވަނީ އިންޑިއާގައި މިހާތަނަށް ހެދިފައިވާ ހުރިހާ ފިލްމަކަށްވުރެ ބޮޑުފިލްމަށް ވެފަ އެވެ. އަދި ހޮލީވުޑްގެ އެންމެ ބޮޑެތި ފިލްމުތައް ކަމަށްވާ އެވެޓާ އާއި 'އަވެންޖަރސް: އެންޑްގޭމް' ފަދަ ފިލްމުތަކުގެ ބަޖެޓަށް ވުރެ ވެސް ބޮޑުކަމަށް ބެލެވެ އެވެ.

ފްރަކްހާރް ގުޕްތާ އެކްސްޕީރިއަންސް ޕޯޑްކާސްޓެއްގައި ވާހަކަ ދައްކަމުން، މަލްހޯތުރާ ވަނީ މި ފިލްމަށް ޖުމްލަ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4000 ކްރޯރް ރުޕީސް) ހަރަދުވާނެ ކަމަށް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ މި މަޝްރޫއު ސީރިއަސްކޮށް ފަށަން ގާތްގަނޑަކަށް ހަހަތް އަހަރު ކުރިން މަސައްކަތް ކުރިއިރު، އެތައް ބަޔަކު މި ހިޔާލަކީ ހަގީގަތަކަށް ނުވާނެ ކަމަށް ބުނެ އެކަން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މަލްހޯތުރާ ވަނީ އޭނާގެ ދުރު ރާސްތާގެ ފިކުރާ އެއްގޮތަށް، 'ރާމާޔަނާ' އަކީ "ދުނިޔޭގައި ދައްކަންޖެހޭ އެންމެ ބޮޑު ކުޅަދާނަ ވާހަކަ ކަމަށާއި، ދުނިޔޭގެ އެންމެ ބޮޑު ފިލްމު" ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ މި ބޮޑު އަދަދަށް ހަރަދުކުރެވުނު ނަމަވެސް، ގިނަ ހޮލީވުޑް ފިލްމުތަކާ އަޅާ ބަލާއިރު މި ފިލްމު އުފައްދަނީ އަދިވެސް ހަރަދު ކުޑަކޮށްކަން ފާހަގަކޮއްފައެވެ.

ރާމާޔަނާގެ ބަޖެޓަކީ އިންޑިއާގެ އެހެނިހެން ބޮޑު ބަޖެޓުގެ ފިލްމުތަކާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑު ބަޖެޓެކެވެ. "'އާދިޕުރުޝް" އުފެއްދީ ގާތްގަނޑަކަށް 66 މިލިއަން ޑޮލަރު (550 ކްރޯރް ރުޕީސް) ހަރަދުކޮށެވެ. "އާރްއާރްއާރް" އަށް 60 މިލިއަން ޑޮލަރު (500 ކްރޯރް ރުޕީސް) ހަރަދުވި އިރު، "ކަލްކީ 2898 އޭޑީ" އަށް 72 މިލިއަން ޑޮލަރު (600 ކްރޯރް ރުޕީސް) ހަރަދުވި އެވެ. މި ތިން ފިލްމުގެ ޖުމްލަ ބަޖެޓު އެއްކުރި ނަމަވެސް، ރާމާޔަނާގެ ބަޖެޓަށްވުރެ މާ މަދެވެ. ބާހޫބަލީގެ ދެބައިގެ ސިލްސިލާއަށް ހަރަދުވީ އެންމެ 52 މިލިއަން ޑޮލަރު (430 ކްރޯރް ރުޕީސް) އެވެ. އެއީ ރާމާޔަނާގެ ބަޖެޓުގެ ނުވަ ބައިކުޅަ އެއްބަޔާ އެއްވަރެވެ.

ދުނިޔޭގެ ފެންވަރަށް ބަލާއިރު މި އަދަދަށްވުރެ ބޮޑު ބަޖެޓެއް ހަރަދުކުރެވިފައި ވަނީ މަދު ހޮލީވުޑް މަޝްރޫއުތަކަކަށެވެ. "ސްޓާރ ވާސް: ދަ ފޯސް އަވޭކަންސް" އުފެއްދުމަށް 447 މިލިއަން ޑޮލަރު ހަރަދުވި އިރު، 'އަވެޓާ' އުފެއްދީ 237 މިލިއަން ޑޮލަރުންނެވެ. އަދި "އަވެންޖާސް: އެންޑްގޭމް" އަށް ހަރަދުވީ 356 މިލިއަން ޑޮލަރަށް ވުރެ ކުޑަ އަދަދެކެވެ. "އަވެންޖާސް: އިންފިނިޓީ ވޯރ" އާއި 'އެންޑްގޭމް'ގެ ޖުމްލަ އުފެއްދުން 700 މިލިއަން ޑޮލަރަށް އަރާފައިވާއިރު، 'ދަ ހޮބިޓް' ގެ ތިން ބައިގެ ސިލްސިލާއަށް 623 މިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ. މި ފިލްމުތަކުގެ ބަޖެޓް ފިޔަވައި ރާމާޔަނާއަށްވުރެ ބޮޑު ބަޖެޓެއް ރާވާފައިވާ އެހެން ފިލްމެއް ނެތެވެ.

މި ފިލްމުގައި ހިމެނެނީ ވަރުގަދަ ކާސްޓެކެވެ. ރާމްގެ ރޯލުން ރަންބީރު ކަޕޫރު ފެންނައިރު، ރާވަނާގެ ރޯލުން ޔާޝް ފެންނާނެއެވެ. ސީތާގެ ރޯލުން ސާއި ޕައްލަވީ އަދި ލަކްޝްމަންގެ ރޯލުން ރަވީ ދޫބޭ ފެންނާނެއެވެ. ހަނުމާންގެ ރޯލުން ފެންނަނީ ސަނީ ދިއޯލް އެވެ. މިއުޒިކުގެ ތާރީހީ އެއްބާރުލުމެއްގައި، އިންޑިއާގެ މަޝްހޫރު ކޮމްޕޯސަރ އޭ.އާރް. ރަހްމާނާއެކު އޮސްކާ އެވޯޑު ހޯދާފައިވާ ހޮލީވުޑްގެ ކޮމްޕޯސާ ހެންސް ޒިމަރް ބައިވެރިވާނެ އެވެ. މިއީ ހެންސް ޒިމަރް ބޮލީވުޑަށް ފުރަތަމަ ފަހަރަށް ތައާރަފްވާ ފިލްމެވެ.

ރާމާޔަނާގެ ފުރަތަމަ ބައި 2026 ވަނަ އަހަރުގެ ދީވާލީ ދުވަހު ނެރުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައި 2027 ވަނަ އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ފިލްމީތަރިންނާއި އިންޑިއާގެ ނޫސް ތަކުން ބުނެ އެވެ.                

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް