ސުޕްރީމް ކޯޓު ކުރިމައްޗަށް.، އޯކިޑްމަގާއި އާބުރުޒު ހިނގުން ގުޅޭ ސަރަހައްދުގައި ގަހެއް މަގުމައްޗަށް ވެއްޓުމުގެ ސަބަބުން، އެ ކަންމަތިން ފެށިގެން މަގު ވަނީ ބަންދު ވެފައެވެ.
ވެއްޓިފައިވާ ގަހަކީ، ސުޕްރީމް ކޯޓު ކުރިމަތީ އޮންނަ ހުސް ބިމުގައި ހުރި ގަހެކެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
ގަސް ވެއްޓުމާ ގުޅިގެން ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުންވެސްވަނީ ބުނެފައެވެ.
މާލެއާއި އަތޮޅުތަކަށް އިއްޔެއިން ފެށިގެން މޫސުން ގޯސްވެފައިވާއިރު ކުރިއަށް އޮތް ދެ ތިން ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;