ފުލުހުން ބުނީ މި މައްސަލާގައި ހައްރުކުރީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މީނާ ހައްޔަރުކުރީ އިއްޔެ މެންދުރުފަހު ލ. ގަމުގައި ހިންގި އޮޕަރޭޝަނެއްގައި، މުކުރިމަގު ބަނދަރުންކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަން ހިންގީ ލ. ގަން އަތޮޅު ފެރީއަށް މަސްތުވާތަކެތި ޓްރެފިކްކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި ހައްޔަރުކުރި މީހާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ޕެކެޓެއް ފެނިފައިވާ ކަމަށާއި މި ޕެކެޓުގެ ބަރުދަނުގައި 321.40 ގްރާމް ހުރިކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;