
ރޭ އަލިފާން ރޯވި ސަރަހައްދުގައި ފުލުހަކު ހަރަކާތްތެރިވަނީ
އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ
މުހައްމަދު އާދަމް އަހްމަދު
11 ޖުލައި 2025 - 12:07:51
ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލެ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ގުދަނުގައި އަލިފާން ރޯވީ ރޭ އިރާކޮޅެވެ.
ފުލުހުން ބުނީ އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާކަމަށެވެ. އަދި މި ތިން ފުލުހުންނަށް ރެއިއްސުރެ އެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އަދި
އެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެންސިސްގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން ދުން އަރާތީ، ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް