ads
ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސް: މެޓް
ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސް
ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
Advertisement

މޫސުމާބެހޭ ގައުމީ އިދާރާއިން، ކުރިއަށް އޮތް ތިން ދުވަހަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް މެޓުން ބުންޏެވެ.

މެޓުން ލަފާކުރި ގޮތުގައި މޫސުން ރަނގަޅުވާނީ ކުރިއަށް އޮތް ދެތިން ދުވަސް ފަހުންނެވެ. ކުރިއަށް އޮތް ދެތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓުން ލަފާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް