
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
މި މިހާ މިއަދު ހެނދުނު 9:30 ހާއިރު ގައްދޫން ފުރައިގެން ޑިންގީއެއްގައި ގަމަށް ދަތުރުކުރިކަމަށް މައުލޫމަތު ލިބިފައިވާކަމަށާއު އެމީހާގެ ހަބަރެއްގެ ނުވެގެން ރިޕޯޓްކުރީ ހަވީރު 5:5 ހާއިރުކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް ބެލިބެލުމުން އެ މީހާ ގަމުން 11:15 ހާއިރު ފުރާފައިވާކަން އެނގޭކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ 75 އަހަރުގެ މި މިހާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއްކަމަށެވެ.
މި މީހާ ހޯދުމަށް ކޯސްޓް ގާޑުން ބޭރު ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގަމާއި ގަން ކައިރި ފަޅު ރަށްތައް ބެލުމުގެ މަސައްކަތް ފުލުހުން ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން ބުނެއެވެ.