ads
ބޮޑު ޖަލްސާއަށް މީހުން ގޮވައިގެން ދިޔުމަށް މާލެއައި ބާދުޝާހް ބޯޓު ފުރަން ތައްޔާރުވެފައި
މޫސުން ގޯސްވުމުން އެމްޑިީޕީ ދަތުރާ ޖަލްސާ ފަސްކޮށްފި
އިދިކޮޅު އެމްޑީޕީއަށް 20 އަހަރުވުމާއި ދިމާކޮށް ކުޅުދުއްފުށީގައި ބާއްވަން ނިންމި ބޮޑު ޖަލްސާ މޫސުން ގޯސްވުމުން ފަސްކޮށްފިއެވެ.
Advertisement

މި ޖަލްސާ ބާއްވަން ނިންމާފައި އޮތީ މާދަމާރެއެވެ. އަދި މި ޖަލްސާއަށް މާލެއިން ދާ މީހުން މިރޭ ބާދުޝާހު ބޯޓުން ފުރަން އޮތީ ހަމަވެސް ޖެހިފައެވެ. 

އެހެންނަމަވެސް އެމްޑީޕީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭ ބާދުޝާހު ބޯޓުން ކުރަން ހަމަޖެހިފައިވާ ދަތުރު ފަސްކޮށްފައިވާކަމަށެވެ. އަދި އަދި ދަތުރަށް ފުރާ ގަޑި ފަހުން ހާމަކުރާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ. 

މާދަމާ ޭ ބާއްވަން އޮތް ޖަލްސާވެސް އެމްޑީޕީން ވަނީ ފަސްކޮށްފައެވެ. އެ ޕާޓީން ބުނީ މޫސުން ތަންދޭނަމަ ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައިކަމަށެވެ. 

your imageއެމްޑީޕީގެ ބޮޑު ޖަލްސާގައި ބައިވެރިވާން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުޅުދުށްފުއްޓަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ 

އެމްޑީޕީގެ މި ޖަލްސާގއި ބައިވެރިވުމަށް ޕާޓީގެ އިސް ބައެއް މެމްބަރުން ވަނީ މިހާރު ކުޅުދުއްފުއްޓަށް ގޮސްފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ހިމެނިވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް