ads
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
އީޔޫއާއި އިނގިރޭސިވިލާތުން މިފްކޯ ބްލެކްލިސްޓެއް ނުކުރޭ: ޝިޔާމް
އީޔޫއާ ޔޫކޭ އިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބްލެކްލިސްޓް ކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފި އެވެ.
Advertisement

ދިވެހި އޮންލައިން ނޫހެއްގައި ގެނެސްދިން ހަބަރަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އީޔޫ އަދި އިނގިރޭސިވިލާތުން ވެސް މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެވެ. އަދި އަންނަ ހަފްތާގައިވެސް އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިއަކުން މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ވާހަކަ ދަންނަވަން،". ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، އަންނަ ހަފްތާގައިވެސް އިނގިރޭސިވިލާތުގެ މޭޖަރު ބަޔަރެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް ރާއްޖެއަންނަކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

މިފްކޯ އަދި ރާއްޖޭގެ އެއްވެސް މަސް ކުންފުންޏެއް ބްލެކްލިސްޓް ކޮށްފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު މިފްކޯއިންވެސް ވަނީ އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުންވެސް އެ ކުންފުނި ބްލެކްލިސްޓް ކޮށްފައި ނުވާކަން ކަށަވަރުކޮށްދީފަ އެވެ. 

މިފްކޯއިން ބުނީ އެ ކުންފުންޏާ ގުޅޭގޮތުން ފަތުރާ ހަބަރާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކުން އެ މައުލޫމާތުގެ ތެދުދޮގު ބަލާފައިވާ ކަމަށާއި އެފަދަ އެއްވެސް ފިޔަވަޅެއް އެ ކުންފުންޏާމެދު އަޅާފައި ނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް