
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.
ހޮސްޕިޓަލަށް ދިއުމަށްޓަކައި ވަރަށް ހެނދުނާ އަމާރާ ނިކުމެއްޖެ އެވެ. ކިތަންމެ ބުރަޔަސް، ކިތަންމެ އުނދަގުލަސް، ކިތަންމެ ވަރުބައްޔަސް ވަޒީފާއަކީ އަމާރާގެ އުފަލެވެ. އޭނާގެ މަސައްކަތަކީ އޭނާގެ ޝައުގުވެރިކަމެވެ.
ހޮސްޕިޓަލަށްވަދެ،ދުވަސް ފެށުމުގެ ޒިންމާތަށް އަދާކުރުމަށްފަހު ކެބިންގައި ހަމަޖެހިލިތަނާ ދޮރުހުޅުވާލާފައި އެތެރެއަށްވަނީ އެކުގައި މަސައްކަތްކުރާ އެހެން ޑޮކްޓަރެކެވެ.
"ސޯ؟ ހައު ވޯޒް އިޓް" ޑޮކްޓަރ ޒާޔާ ސުވާލުކޮށްލީ ލާނެއްގޮތަކަށެވެ.
"ހައު ވޯޒް ވަޓް؟" ނިއްކުރިއަށް ރޫ އަރުވާލާފައި އަމާރާ ސުވާލުކޮށްލީ ހަގީގަތުގައިވެސް އެބުނަންއުޅޭ އެއްޗެއް ނޭގޭތީ އެވެ.
"ޝައްޔާން ޔޫސުފް ރައިޒާދްއަށް ފަރުވާކުރުން..! ހީ އިޒް ސޯ ހޮޓް..!! އޯ މައި ގޯޑް...!!" ޑްރާމާ ގޮތަކަށް ޒާޔާގެ ބުނެލުން އަމާރާ ހައިރާން ކޮށްލައިފި އެވެ.
އަނގަހުޅުވި ދެ ލޯ ބޮޑުވީ ދުލުން ބަސް ހުސްވީތީއެއް ނޫނެވެ. ބުނަން ހުރި އެއްޗެހި ގިނައީ އެވެ.
އިންސާނަކާއި ހެދި، އެތައް ބަޔަކު ހަމަބުއްދި ފިލައި ދަނީހެއްޔެވެ؟
"އެއީ، އެހެން މީހުންނެކޭ އެއްފަދައިން ފަރުވާ ހޯދަން އެގަޑީގައި އައި ޕޭޝަންޓެއް..! 'ޖަސްޓް އަ ޕޭޝަންޓް'!" ލޮލުގެ ކަޅި އަނބުރާފައި އަމާރާ ބުންޏެވެ.
"ޖަސްޓް އަ ޕޭޝަންޓް..؟ ވަޓް..؟ އަމާރާގެ ބަދަލުގައި އެވަގުތު ޑިއުޓީގައި ހުރީ އަހަރެން ނަމަ، އަނބުރައިގަނެގެން ވެއްޓުނީސް ކަންނޭގެ..! ޝައްޔާންގެ އެންމެ ބަލައިލުމަކުންވެސް ހަމަ ބުއްދި ފިލައިގެން ނުގޮސް ސަލާމަތްވާނީ ކިހިނެއް؟ ހީ އިޒް ސޯ ހޮޓް...!!!" ނަސީބުގެ ދެރަކަމަށް އަމިއްލަ ނަފުސަށް އެތިވަރުކިޔާ ހާލުގައި ޒާޔާ ބުންޏެވެ. ލިބެން އޮތް ފުރުސަތު ގެއްލުނީތީ ލިބިފައިވާ މާޔޫސްކަން ޒާޔާގެ މޫނުން ސާފުކޮށް ފެނޭ އެވެ.
"އެވަގުތު ޑިއުޓީގައި ޒާޔާ ނެތްކަން އެއީ، ޒާޔާގެ އާއިލާގެ ނަސީބުކަންނޭގެ ދޯ..!" ޝައުގުވެރިކަމެއް ނެތް ގޮތަކަށް އަމާރާ ބުންޏެވެ.
ޒާޔާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް، ނުހަނު ބާރަށް އަމާރާގެ ކެބިންގެ ދޮރު ހުޅުވިއްޖެ އެވެ. ދެމީހުންނަށް އެދިމާއަށް ބަލައިލެވުނީ އެއްފަހަރާ އެވެ. މާނޭވާ ލެވިފައި ބަނޑުގައި އަތް އަޅައިގެން އޮތީ ރިސެޕްޝަނިސްޓެވެ.
"ޑޮކްޓަރ އަމާރާ، ޑޮކްޓަރއާއި ބައްދަލުކޮށްލަންވަން، ވީއައިޕީ ޕޭޝަންޓެއް އެބަހުންނެވި" އުފަލުން ފޮޅިފައި ރިސެޕްޝަނިސްޓް ބުނެލި އެވެ.
"މީ؟ ހޫ؟" އަމާރާ ސުވާލުކޮށްލީ ހައިރާންވެފަ އެވެ.
ތުންފަތުގައި ދަތް އަޅަމުން، ލައިގެން ހުރި ޔުނީފޯމްގެ ފަސްބަޔާއި ކުޅެމުން، ރިސެޕްޝަނިސްޓް އިސްޖަހައިލީ އެ ނަމެއް ކިޔަންވެސް ލަދުންކަން ޔަގީނެވެ.
"އޫމްމްމް.. އޫމްމްމް.. ޝައްޔާން ޔޫސުފް ރައިޒާދް.." ލަދުން އޮޅެމުން އޭނާ ބުނެލި އެވެ.
"ވަޓް-ދަ-..؟ ދުލަން އައި އިބާރާތް އަމާރާ ދިރުވާލީ ދެ ލޯ މަރައި، ކޯ ކަށިގަނޑަށް ބާރުކޮށްފަ އެވެ.
..............
ލޮލުގައި އަޅާފައިވާ އަގުބޮޑު އަވިއައިނު ރަގަޅުކޮށްލި އެވެ. އިށީންދެ އިން ސޯފާގައި ޝައްޔާން ހަމަޖެހިލި އެވެ. 'ޕްރައިވެޓް ވެއިޓިންގ ރޫމްގައި' ވީއައިޕީ ބޭފުޅުން ތިއްބެވުމަކީ، އެފަދަ ހައިބަތު ބޮޑު ހޮސްޕިޓަލެއްގައި އާންމުކަމެކެވެ. ނަމަވެސް މިއަދު މިއީ އެ ވެއިޓިންގ ރޫމްގެ އާންމު ދުވަހެއް ނޫނެވެ. ހާއްސަ ދުވަހެކެވެ.
ކެތްތެރިކަމެއް ނެތި ޝައްޔާންގެ ހިތް ބާރަށް ތެޅެމުންދިޔަ އެވެ. އަމިއްލަ ނަފުސަށް ޖަވާބެއް ހޯދަން މަޖުބޫރުވެގެންނެވެ. ހިތާއިހިތުން ކުރަމުންދިޔައީ ބަހުސެކެވެ.
އޭނާ އަންނާނެ އެވެ. ޔަގީނެވެ. އޭނާ އަންނާނެ އެވެ. އަންނާނެކަން ކަށަވަރެވެ.
ގިނައިރެއް ނުވެ އެވެ. ގަދަ އަޑާއެކު ނުހަނު ބާރަށް ވެއިޓިންގ ރޫމްގެ ދޮރު ހުޅުވިއްޖެ އެވެ.
ރުޅިއައިސް ރަތްވެފައި ދޮރުމަތީގައި އެހުރީ، ޑޮކްޓަރ އަމާރާ އާރިޒް ފަހުމީ އެވެ.
"ވަޓް އާރ ޔޫ ޑުއިންގ ހިޔަރ؟" މޭ ދަށުގައި ދެއަތް ހުރަސްކޮށްލަމުން އަމާރާ ސުވާލުކުރީ ސީރިއަސް މޫޑްގަ އެވެ.
"ޗެކިން އިފް މައި 'ޖަސްޓް އަ ޕޭޝަންޓް' ޑޮކްޓަރ ރިމެމްބަރސް މީ..!" ޝައްޔާން ބުނެލި އެވެ.
ގަސްތުގައި އަމާރާ ރުޅިއަރުވާލުން ނޫން އެހެން އިތުރު މަގުސަދެއް އެބުނެލުމުގައި ނެތް ކަން އަމާރާއަށް ޔަގީންވީ އެއްމިޔަކަނުން ހިނިއައިސްފައި ބަލަހައްޓައިގެން އިން ގޮތުންނެވެ. އަމާރާއަށް ކުރެވޭނެ މާބޮޑުކަމެއް މިވަގުތު ނެތެވެ. މިއީ އޭނާގެ މަސައްކަތުގެ މާހައުލެވެ!
"ފަރުވާއެއް ހޯދަންތޯ ވަޑައިގަތީ..؟ ޒަހަމް ކިހިނެއްތޯ މިހާރު..؟" ރޭގައި ފަރުވާ ދެއްވި ޑޮކްޓަރެއްގެ ހައިސިއްޔަތުން ސުވާލުކުރާން މަސައްކަތްކުރިޔަސް، ދަތްކުނޑި ވިކިފައިވާކަން އަމާރާއަށް ނޭގުނެވެ.
"އަދިވެސް ވަރަށް ބޮޑަށް ތަދުވޭ!" ނިއްކުރީގައި ބޭސްއަޅާފައިވާ ތަނަށް އިޝާރާތްކޮށްފައި ޝައްޔާން ބުންޏެވެ.
"ޔޫ އަރ ވޭސްޓިންގ މައި ޓައިމް މިސްޓަރ ރައިޒާދް..!" ހިތްހަމަނުޖެހިފައި އަމާރާ ބުންޏެވެ.
"އެހެން އެއްވެސް ޕޭޝަންޓަކާއިމެދު ޑޮކްޓަރ މުއާމަލާތުކުރާ ގޮތެއް ނޫން ތިއީ..! ނޫން ތަ؟ ނޫނީ އެހެން އެންމެންގެ ތެރެއިންވެސް އަހަރެން ހާއްސައީތަ..؟" ލާނެއް ފާޑަކަށް ޝައްޔާން ސުވާލުކޮށްލި އެވެ.
"އަޅުގަނޑުގެ މަސައްކަތަށް ކުރިމަތިވާ ބޮލުރިހުމެއް ތިއީ..! ދެޓްސް ވަޓް ޔޫ އަރ.." ހަށިގަނޑު ސީދާކޮށްލާފައި އަމާރާ ބުނެލި އެވެ.
"ޝީ ވޯޒް ފަން" އަމިއްލަ ކަންފަތަށް އިވޭވަރަށް ޝައްޔާން ބުނެލީ ލޮލާއި ހަމައަށް ފޯރާވަރުގެ ހިނިތުންވުމަކާއެކު އެވެ.
މިއަދުގެ ބައްދަލުވުމަށްފަހު ޝައްޔާންގެ ޝައުގުވެރިކަން އިންތިހާއަށް އިތުރުވެއްޖެކަން ޔަގީނެވެ. އަމާރާއާއި ދިމާކުރުމާއި ރުޅިއެރުވުން ނިމުނީއެއް ނޫނެވެ. މިއީ ފެށުމެކެވެ.
.............
ޝައްޔާން ޔޫސުފް ރައިޒާދް އިނީ އޭނާގެ ހިތްގައިމު ސޯފާގަ އެވެ. އަތުގައި އޮތް ފޯނުން ކުރަމުން ގެންދިޔައީ ބުރަ މަސައްކަތެކެވެ. ސޯޝަލް މީޑިއާ ހާވާތާ އެތައް އިރެއް ވެއްޖެ އެވެ. ކުރީން ކުރެވުނު މަސައްކަތާއި މެދު އަމިއްލަ ހިތްހަމަނުޖެހިގެން އަނެއްކާވެސް އިތުރު ހިއްވަރަކާއެކު ދެވަނަ ފަހަރުވެސް އެމަސައްކަތަށް ވަގުތު ހުސްކުރީ އެވެ. ކިތަންމެ މުހިއްމު 'މިޝަން'އެއްގެ ގޮތުގައި މަސައްކަތްފެށިޔަސް، ލިބުނު ކުރިއެރުމެއް ނެތެވެ.
އިންސްޓަގްރާމް- ނޯ އަމާރާ އާރިޒް ފަހުމީ!
ފޭސްބުކް- ކާމިޔާބާއި ގާތްވެސް ނުކުރި!
އެކްސް ނުވަތަ ޓްވިޓަރ- ސުމެކެވެ!
ބޮލުން ހޫނު އަރަން ފަށައިފި އެވެ. ދެހާސްފަންސަވީހުގެ ދުވަސްތަށް ދެބައިވެގެން ދިޔައީ އެވެ. ދެއްކުންތެރިކަން ހައްދުން ނެއްޓިފައި އޮތް މިފަދަ ޒަމާނެއްގައި ސޯޝަލްމީޑިއާގައި ހަރަކާތްތެރިނުވާ ޒުވާނުންވެސް އުޅޭ ހެއްޔެވެ؟
އެތަށްގުނައެއް އިތުރަށް ވިސްނާލަން މަޖުބޫރުވެއްޖެ އެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ އެއްވެސް މައުލޫމާތެއް ނެތް، މަސައްކަތަށް ޝައުގުވެރިކަމާއި އެމީހެއްގެ ހުރިހައި ވަގުތެއް ވަޒީފާއަށް ހަދިޔާކުރާ ޑޮކްޓަރަކު މިފަދަ ބޭކާރު ކަންކަމުން އިސްތިސްނާ ވެދާނެ އެވެ!
"އުފްފްފްފފ.."
ގޮތް ހުސްވުމުން ސޯފާ މައްޗަށް ފޯނު އެއްލާލި އެވެ. ހޮސްޕިޓަލުގައި ހިނގި އެ ކަންތައްތަކަށް ދުވަސްކޮޅެއް ފާއިތުވެއްޖެ އެވެ. ނަމަވެސް އެއިން އެއްވެސް މަންޒަރެއް ޝައްޔާންގެ ހިތާއި ސިކުނޑިން ދުރަކަށް ނުދިޔަ އެވެ.
ކީއްވެ ހެއްޔެވެ؟
ހާއްސަކަމަކީ ކޮބައި ހެއްޔެވެ؟
ޑޮކްޓަރ އަމާރާއަކީ މިހައި ތަނަށް ޝައްޔާންއަށް ޝައުގުވެރިކަން ހުރިކަން ފާޅުނުކުރި ހަމައެކަނި އަންހެން ކުއްޖާއަށް ވީތީ ހެއްޔެވެ؟
ސެލްފީއަކަށް އެހުމެއް ނެތެވެ! ތުއި ދެއްކުމެއް ނެތެވެ. ގައިގޯޅިވުމަށް މަސައްކަތް ކުރުމެއް ނެތެވެ. އޭނާގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރީ ދެވަނައެއް ނެތް ފަދައިންނެވެ. އެއަށްފަހު ފަސްއެނބުރި ބަލައިވެސް ނުލި އެވެ.
ސަބަބަކީ އެއީ އެވެ. ހަގީގަތަކީވެސް އެއީ އެވެ. ހިތާއި ސިކުނޑިއަށް ހަޖަމް ނުކުރެވިގެން މިއުޅެނީ އެކަމެވެ.!
........................
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.
"މޮމް ޔޫ ނީޑް ޓު ސީ އަ ޑޮކްޓަރ"
ފާތިމާ ޒަހުރާ ފާއިގް، އުމުރުން ފަންސާހުން މައްޗަށް ދިޔަކަމުގައި ވިޔަސް ރީތިކަމާއި ފަރިކަމާއި ހަރަކާތްތެރިކަމުގެ މިސާލެކެވެ. އިވުނު އަޑު އެއީ މާބޮޑުކަމެއް ކަމުގައި ނުހަދާ، އެކަން އޮއްބާލަން މަސައްކަތްކުރީ ހުށިޔާރުކަމާއެކު އެވެ. 'މަންމަގެ ބަސް އެހުމަކީ' ޝައްޔާން ދިރިހުރުމުގެ މޮޓޯ އެވެ.
"ދަރިފުޅާ ޝައްޔާން.. މަންމަގެ ހާލު މުޅިން ރަގަޅު.. ކުޑަކުއްޖެއްހެން، ކިރިޔާ ކަމެއްވެލާއިރަށް މަންމަ ހޮސްޕިޓަލްއަށް ގެންދަން ނޫޅެބަލަ..! އިޓްސް ޖަސްޓް އަ މައިލްޑް ފީވަރ..!" ލޯތްބާއެކު ޒަހްރާ ބުނެލީ އޭނާ ބުނެފި ކޮންމެ ބަހެއް، ނުވަތަ ކޮންމެ އިބާރާތެއް ޝައްޔާން އަގުހިފަހަށްޓާނެކަން އެނގިހުރެ އެވެ.
ނަމަވެސް ޒަހްރާއަށް ލިބިފައި ނެތް މައުލޫމާތަކީ، މިފަހަރުގެ ބަހަނާއަކީ ވަކި މަގުސަދެއްގައި ހޮސްޕިޓަލަށް ގެންދިއުމަށް ބޭނުންވި ސަބަބެއްކަމާއި އޭގެ ހަގީގަތެވެ.
"މިއަދު ވާނީ މައިލްޑް ފީވަރއަކަށް.. މާދަމާ ވާނީ އެއަށްވުރެން ބޮޑު ކަމަކަށް.. އޭގެފަހުން ބަދަލުވާނީ ނުރައްކަލަކަށް.. ލެޓްސް ގޯ މަންމާ..!" ބޮޑާ ހާކާފައި ޝައްޔާން ބުނެލި އެވެ.
"އައި ޑޯންޓް ނީޑް އަ ޑޮކްޓަރ..!" ޒަހްރާއަށް ހެދެން އޮތް އެންމެ ބޮޑުގޮތެއް އިހްތިޔާރުކޮށްގެންވެސް ހޮސްޕިޓޓަލަށް ދިޔުން ހުއްޓުވާން އޭނާ ބޭނުންވި އެވެ.
"އޯކޭ މަންމާ.. ފައިން..! އެހެންވީމާ މަންމަގެ ތި 'މައިލްޑް ފީވަރ' މުޅިން ރަގަޅުވަންދެން މަންމަގެ ހުރިހައި ކަމެއް ބަލަހައްޓާނީ އަހަރެން އަމިއްލައަށް.. ކެއްކުމާއި ގަޑިންގަޑިއަށް ކާންދިނުމާއި، ބޭސްދިނުމާއި ދެންހުރި ހުރިހައި ކަމެއްވެސް ކުރާނީ އަމިއްލައަށް.. ސައްވީސްގަޑީރު ޑިއުޓީގައި ހުންނާނީ މަންމަ ކައިރީގައި.. އަހަރެންގެ ހުރިހައި ޝޫޓިންތަކާއި، ޕްރޮމޯޝަންތަކާއި އިންޓަރވިއުތަށްވެސް މަންމަ މުޅިން ރަގަޅުވަންދެން މަޑުޖައްސާލާނީ.." ލޮލާއި މޫނަށް ވައްތަރުޖައްސަމުން، ޑްރާމާގޮތަކަށް ޝައްޔާން ބުނެލީ، މިފަހަރު މަންމަގެ ހަތިޔާރު ބަހައްޓާނެކަން ޔަގީންކޮށްފަ އެވެ. ކަންވީވެސް އެހެންނެވެ.
ޒަހްރާގެ އަނގަމަތީގައި އަތްއަޅާފައި ދެލޯބޮޑުކޮށްލީ ބިރުވެރިގޮތަކަށެވެ.
"މަންމަގެ ދަރިފުޅު ކައްކަން ބަދިގެއަށް ވަދެއްޖިއްޔާ ބަދިގޭގައި ރޯކޮށްނުލާ އެތަނުން ނުނިކުންނާނެ.. ތިވަރަށް ބްލެކްމެއިލް ނުކުރިޔަސް ރަގަޅުވާނެ" ދަރިފުޅުގެ ގޮތް އެނގިގެން ޒަހްރާ ބުނެލި އެވެ. މަންމަގެ ސިއްހަތުގެ މައްސަލައިގައި ޝައްޔާންގެ ނިންމުން ބަދަލެއް ނުކުރާނެކަން އޭނާއަށް އެގެ އެވެ.
"އެހެންވީމައި އެންމެ އަވަސްވީ ގޮތަކަށް ހޮސްޕިޓަލަށް ހިނގާ..!" މަންމަ ގައިގައި ލޯތްބާއެކު ބައްދާލަމުން ޝައްޔާން ބުންޏެވެ.
އެހެން ގޮތެއް ނެތުމުން ހިނިތުންވަމުން، ޒަހްރާވެސް އެއްބަސްވި އެވެ. ޝައްޔާންގެ މަގުސަދެއް ނޭގި، ހޮސްޕިޓަލަށް ދިއުމަށް ޒަހްރާ އެއްބަސްވި އެވެ. މި ދަތުރުގައި ބައްދަލުވާނެ މީހަކީ އޭނާގެ ހަޔާތުގައި ކިހައި ވަރެއްގެ ޝައުގުވެރިކަމަކަށް ވެގެން ހިނގައިދާނެ ކަމުގެ ލިސާނެއްވެސް ޒަހްރާއަށް އިހްސާސް ނުވެ އެވެ.
...............
ހޮސްޕިޓަލަށް ވަދެވުމާއެކު ޝައްޔާންގެ ދެ ލޯ ހޯދަމުން ދިޔައީ އެންމެ މޫނެކެވެ. ފެންނަ ކޮންމެ ލޮލެއް އޭނާއަށް އަމާޒުވިޔަސް އެއިން އެއްވެސް މިސްރާބަކަށް ޝައްޔާންގެ ޝައުގުވެރިކަމެއް ނެތެވެ. ދެ ލޯ ހޯދަމުންދިޔައީ އެންމެ މޫނެކެވެ.
މިގަޑީގައި ހޮސްޕިޓަލުގައި އޭނާ އުޅެފާނެ ބާ އެވެ! ހިތާހިތުން ކިޔާލެވުނެވެ.
ހަމަ އެހިނދުގައި ދުނިޔޭގެ މުޅި ކާއިނާތު ޝައްޔާންއަށްޓަކައި ކުރުނީސްކޮށްލިފަދަ އެވެ.