ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކުޅުދުއްފުށީ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު އިފްތިތާހު ކުރުމުގެ ތެރެއިން
ކުޅުދުއްފުށީ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު އިފްތިތާހު ކޮށްފި
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުތަކާއި ހަރަކާތްތަކުގައި މުޖުތަމައުގެ ބައިވެރިވުން މިހާރަށްވުރެވެސް އިތުރުކޮށް، ހާއްސަ ކަންކަމުގައި އެދާއިރާތަކުގެ މަސްލަހަތުވެރިންނާއި، ފަންނީ ފަރާތްތަކާއި، އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ސިޔާސަތު ކަނޑައެޅުމުގައި ހޯދުމުގެ ބޭނުމުގައި ކައުންސިލުން އެކުލަވާލަން ނިންމާފައިވާ ވޮލުންޓިއަރ އެޑްވައިޒަރީ ބޯޑުތަކުގެ ތެރެއިން، އެންމެ ފުރަތަމަ އެކުލަވާލާފައިވާ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
Advertisement

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކުލަވާލި އެންމެ ފުރަތަމަ އެޑްވައިޒަރީ ބޯޑުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، މިއަހަރުގެ ކައުންސިލްގެ މަސައްކަތުތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށުފެންވަރުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް އަންނަންވާއިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް މި ސިނާއަތުގެ މަންފާ ލިބޭނޭގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުމުގެ މުހިއްމު މަގުސަދުގައި ކަމަށް ކައުންސިލުން ބުންޏެވެ. 

މިބޯޑު އިފްތިތާޙު ކޮށްފައިވަނީ އެކަމަށްޓަކައި ލަގޮނޑި މާލިމީ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބޯޑު މެމްބަރުންގެ އިޤްރާރުގައި ސޮއިކުރުމާއި ބޯޑުގެ އިފްތިތާހީ ބައްދަލުވުން ބާއްވާފައިވެއެވެ. އަދި މި ބައްދަލުވުމުގައި ބޯޑުގެ ވައިސް ޗެއަރޕާސަން އިންތިހާބުކޮށްފައިވެއެވެ. ބޯޑުގެ ޗެއަރޕާސަން ކަނޑައަޅާފައިވަނީ ކައުންސިލްގެ އާންމު ބައްދަލުވުމަކުން ފާސްކޮށްގެންނެވެ.

ކުޅުދުއްފުށީގެ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެ މެމްބަރުންނާއި، ސިޓީ ކައުންސިލްގެ އެއް އިދާރީ މުވައްޒަފަކާއި އަދި އާންމުންގެ ތެރެއިން ހަ މެމްބަރުން ހިމެނޭހެން ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް