
ފެނަކަ
ފެނަކައިގެ މައްޗަށް އަނެއްކާވެސް ބޮޑު ހުކުމެއް
އާމިނަތު ސިޔާޒާ
02 ޖުލައި 2025 - 18:07:19
އޭސީ އަދި ރެފްރެޖެރޭޝަން މަސައްކަތް ކުރާ މަޝްހޫރު ކުންފުނި، ރެފްކޫލްއަށް 700،000 އަށްވުރެ ގިނަ ރުފިޔާ ދައްކަން، ރަށްރަށުގެ ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކުންފުނީގެ މައްޗަށް ހުކުމެއް އިއްވައިފިއެވެ.
ސިވިލް ކޯޓުން ބުދަ ދުވަހު ފެނަކައިގެ މައްޗަށް އިއްވި މި ހުކުމަކީ، ރެފްކޫލުން ހޯދާފައިވާ ހިދުމަތްތަކުގެ އަދަށްވާ ފައިސާއެވެ. ސިނާން އަލީ ކުރެއްވި ހުކުމުގައި ދައްކަން އަންގާފައި އޮތީ، 722812 ރުފިޔާ ދައްކާށެވެ. މި ފައިސާ ފެނަކައިން ދައްކަން ހުކުމް ކޮށްފައި އޮތީ، ތިން ބަޔަކަށް ބަހާލައިގެން، ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
ފެނަކައަކީ ދަރަނީގެ މައްސަލަ ބޮޑުވެފައިވާ ކުންފުންޏެވެ. އެ ކުންފިން އެތައް ބަޔަކަށް އެތައް މިލިއަން ރުފިޔާއެއް ދައްކަން ހުކުމްކޮށްފައި އެބަހުއްޓެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް