ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުން - ފޮޓޯ: ފައިނު އޮންލައިން
ފައިނު އެކްސިޑެންޓް: އަނިޔާވި ޓީޗަރުވެސް ވެންޓިލޭޓަރުން ނަގައިފި
ރ. ފައިނުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ހާދިސާގައި އިތުރު ފަރުވާ އަށް މާލެ ގެނައި ދެ ކުދިންނާއި ޓީޗަރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ 18 އަހަރު ނުވާ ދެ ފިރިހެން ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވަމުން ދަނިކޮށް، ކަސްރަތަށް ހިނގަން ގޮސް އުޅުނު ބައެއްގެ ގައިގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް ފުރަތަމަ ފަރުވާ ދިނީ އުނގޫފާރު އަތޮޅު ހޮސްޕިޓަލުގަ އެވެ. އޭގެފަހުން އިތުރު ފަރުވާއަށް މާލެ ގެނެވުނު ދެ ކުދިންނާއި ޓީޗަރަށް ފުރަތަމަ ފަރުވާ ދެވުނީ ވެންޓިލޭޓަރުގަ އެވެ.

ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މިއަދު ވިދާޅުވީ، ދެކުދިންނާއި ޓީޗަރު ވެސް މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެކްސިޑެންޓްވި ސައިކަލު ޓޯކޮށް، މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މި މައްސަލައިގެ އިތުރު ތަފްސީލު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް