
އިއްޔެ ވިލުފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެއް ދޯނީގައި ރޯވެފައި--
ވިލުފުށީގައި ތޮޔޮ ދޯނިން ފިހުނު މީހާއަށް ފަރުވާދެނީ އައިސީޔޫގައި
އަލީ މިދުހަތު
02 ޖުލައި 2025 - 13:03:56
ތ. ވިލުފުށީގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ވިލުފުށީގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތެޔޮ އުފުލާ ބޯޓެއްގައެވެ. އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދޯނީގެ ވެރިފަރާތާއި ބިދޭސީ މީހެކެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު އިތުރު ތަފްސީލެއް ނުދީ މިއަދު ވިދާޅުވީ އެ ހާދިސާގައި މާލެ ގެނައި މީހާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ.
މި ހާދިސާގައި ފިހުނު ބިދޭސީ މީހާއަށް އެހާ ބޮޑުވަރު ނުވި ނަމަވެސް އެމީހާ އަށް ވެސް އަންނަނީ ވިލުފުށީ ހެލްތު ސެންޓަރުގައި ފަރުވާދެމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް