ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިމަހު 17ގެ ފަހުން ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާ!
މިމަހު 17ގެ ފަހުން ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާވާނެ
ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި އަށް ނަގަން ޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހު ހަމަވާތީ ލައިސަންސް ނަގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށް ދީފި އެވެ.
Advertisement

ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ-އެކްސްޕޯޓް ކުރުމަށާއި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާއްމު ގަވާއިދުގެ ދަށުން ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަންޖެހެ އެވެ.

ދުންފަތުގެ ވިޔަފާރި ކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު މި އަހަރުގެ އެޕްރީލް 17 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ހުޅުވާލި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހަށް ހަމަވާނެކަން ހަނދާންކޮށްދީފަ އެވެ. އަދި މި ތާރީހަށްފަހު އެ ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ކޮންމެ ބާވަތަކަށް ކަނޑައަޅާފައިވާ ފީ ދެއްކުމުން ލައިސެންސް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް