
މިއީ، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިފައިވާ ޕަބްޖީ މުބާރާތެކެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި މުބާރާތުގައި ޓީމުތަކުން އަމިއްލަ ރަށުގައި ހުރެގެން ބައިވެރިވެވޭނެ އެވެ. މި ލީގުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ވަނީ އުރީދޫ ނޭޝަންގެ ވެބްސައިޓުގައި ހުޅުވާލައިފަ އެވެ.
މުބާރާތުގެ ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް އެވެ.
ޖުމްލަ 50،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި މުބާރާތް ބަހާލެވިފައިވާ ގޮތަށް ބަލާއިރު:
- ޗެމްޕިއަން: 25،000 ރުފިޔާ
- ދެވަނަ: 12،000 ރުފިޔާ
- ތިންވަނަ: 6،000 ރުފިޔާ
- ހަތަރުވަނަ: 3،000 ރުފިޔާ
- އެމްވީޕީ: 4،000 ރުފިޔާ
އުރީދޫން ބުނީ މި މުބާރާތުން ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީ ތަރައްގީކުރެވޭނެ ކަމަށެވެ. އަދި މިއީ އެ ކުންފުންނިން އިންކްލޫސިވް ޑިޖިޓަލް ސްޕޭސްއެއް ތަރައްގީކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބާއްވަން ނިންމި މުބާރާތެއް ކަމަށް ވެސް ބުންޏެވެ.