
ގެއްލިގެން ހޯދަމުން ދިޔައީ އައިޝަތް ލަމްޔާ
ގެއްލިގެން ހޯދި 18 އަހަރުގެ ލަމްޔާ ފެނިއްޖެ
މުހައްމަދު އާދަމް އަހްމަދު
18 ޖޫން 2025 - 06:16:43
މާލެއިން ގެއްލިގެން ހޯދަމުންދިޔަ 18 އަހަރުގެ ޒުވާނާ ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
އާންމުކޮށް ގެއްލިގެން ހޯދާ މީހުންގެ ވަނަވަރު ފުލުހުން އާންމުކުރެއެވެ. ނަމަވެސް، މިއަދު ގެއްލިގެން ހޯދި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އައިޝަތް ލަމްޔާ ނަމަކަށް އަންހެނެކެވެ.
އޭނާ ގެއްލިގެން ހޯދުމަށް ސޯޝަލް މީޑިއާގައި ވެސް އާއްމުކުރިއެވެ.
ފުލުހުން ރޭ ބުނީ 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލައެއް އިއްޔެ 13:00 ހާއިރު ރިޕޯޓުކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ހޯދަން ފެށީ ރޭ ގެއިން ނިކުތް ގޮތަށް ހަބަރެއް ވެފައިނުވާތީ އާއިލާއިން އެކަން ރިޕޯޓުކުރުމާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުބީ ރޭ ގާތްގަނޑަކަށް 12:15 ހާއިރު އޭނާ ފެނިފައި ވާކަމަށެވެ. އަދި އެ ޒުވާނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނިއެވެ.
0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް