ads
އިރާނުގެ ދައުލަތުގެ ޓީވީ އަށް އިޒްރޭލުން ދިން މިސައިލް ހަމަލާތަކުގައި އެ އިމާރާތުގައި އަލިފާން ރޯވެފައި
އީރާނުގެ ދައުލަތުގެ މީޑިޔާއަށް އިޒްރާއީލުން ހަމަލާ ދީފި
އީރާނަށް ދެމުންދާ އުދުވާނުތަކުގެ ތެރެއިން، އީރާނުގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދެންމެ ހަމަލާ ދީފި އެވެ.
Advertisement

އީރާންގެ ދައުލަތުގެ ޓީވީ"ހަބަރު ނެޓްވޯކް" އަކީ އީރާންގެ އެންމެ ގިނަ ރައްޔިތުން ބަލަމުން އަންނަ، މަގުބޫލް ޓީވީ ސްޓޭޝަނެކެވެ.

އީރާނުގެ ހަބަރުތަކުން ބުނީ ސަހަރު އަދި ސްޓޫޑިޔޯގައި ތިބި އެހެން މީހުންނަށް ހަމަލާގައި ޒަހަމްވެފައި ނުވާ ކަމަށެވެ. 

އެ ޗެނަލަށް ހަމަލާ ދިން ވަގުތު، އެ ޓީވީގެ އެންމެ މަޝްހޫރު ޕްރެޒެންޓަރު ޝަހަރު އިމާމީ ހުރީ އޮން އެއާގަ އެވެ. އޭނާ ޕްރޮގްރާމް ހުށަހަޅަމުން ދިޔަ ވަގުތު ބާރުގަދަ އަޑެއް އެ ސްޓޭޝަންގެ ތެރެއިން އިވުނެވެ. އަދި އެ ސްޓޫޑިއޯއިން ދުން އަރަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ.

ހަބަރު ނެޓްވޯކް އަށް އިޒްރޭލުން ހަމަލާ ދީފައި މި ވަނީ އިޒްރޭލްގެ ދިފާއީ ވަޒީރު މާ ކުރިން އިންޒާރު ދިނުމަށްފަހު އެވެ.

އެ ސްޓޭޝަނުން ބުނީ، ގިނަ ވައިގެ ހަމަލާތަކެއް އެ ސްޓޭޝަން ހިންގާ އިމާރާތަށް އަމާޒުވެފައިވާ ކަމަށެވެ. އަދި މި ވަގުތު އެ އިމާރާތުގައި ރޯވެ، އަނދަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ހަތަރު ފަންގިފިލާގައި ހިމެނޭ އެ އިމާރާތުގައި، ޓީވީ ސްޓޭޝަން ހިންގަނީ އެންމެ މަތީ މަންގިފިލާގަ އެވެ. އަދި ދެން ހުރި ކޮންމެ ފަންގިފިލާއެއްގައި 200 އާއި 300 އާ ދެމެދުގެ މުވައްޒަފުން މަސައްކަތް ކުރާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިޒްރޭލުގެ ހަމަލާތަކަށް ފަހު، އިރާނުގެ ޓީވީ ޗެނަލުން މިހާރު ވަނީ އަނެއްކާވެސް ބްރޯޑްކާސްޓް ކުރަން ފަށައިފަ އެވެ.

އިސްރާއީލުން ދަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އީރާނަށް މިސައިލް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތައް ދެނީ އީރާނުގެ އަސްކަރީ ގާބިލުކަން ދަށްކުރުމަށް ކަމަށާއި އާންމުންނަށް އަނިޔާއެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އާންމުން ދިރިއުޅޭ ހިސާބުތަކަށް ވެސް އިސްރާއީލުން ހަމަލާތައް ދީފައިވެ އެވެ.

އީރާނުން ދަނީ އިސްރާއީލަށް ރައްދު ހަމަލާތައް ދެމުންނެވެ. އެގޮތުން އީރާނުން މިހާރު ދެމުންދާ ހަމަލާތަކުގައި އިސްރާއީލުގެ ވަރުގަދަ ދިފާއި ނިޒާމު ފޫއަޅުވާލައި، މިސައިލްތައް ދަނީ އިސްރާއީލުގެ އެކި ހިސާބުތަކަށް އަރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް