ads
ދިވެހިރާއްޖޭގެ ސަފީރު އާޒިމާގެ ފަތްކޮޅު އިންޑިއާގެ ރައީސް އަށް އެރުވުން
އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އަޒީމާއަށް ނޭޕާލްގެ ސަފީރުކަމަށް ވެސް ރުހުން ދީފި
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ، ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ވެސް ހަމަޖައްސަން މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
Advertisement

މި ނިންމުން ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، 59 މެންބަރުންގެ ވޯޓުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންފުޅަށް މަޖިލީހުން ރުހުން ދިނުމާއެކު، އައިޝަތު އަޒީމާ މިހާރު އަދާކުރައްވަމުން ގެންދަވާ އިންޑިއާގެ ސަފީރުކަމުގެ އިތުރުން ނޭޕާލްގެ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް އަދާކުރައްވާނެއެވެ. 

ރައީސް މުއިއްޒު އިންޑިއާގެ ސަފީރުގެ ގޮތުގައި އައްޔަންކުރައްވާފައިވާ އައިޝަތު އަޒީމާގެ އިތުރުން، އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު އިރުތިޝާމް އާދަމް އަޔަލެންޑްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށާއި، ބެލްޖިއަމް އަދި އދ. ގައި ހުންނަވާ ސަފީރު ގީލާ އަލީ ޔޫކްރެއިންގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސުމަށް ވެސް މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ.

އެހެންނަމަވެސް، މިއަދުގެ ޖަލްސާގައި އިރުތިޝާމް އާދަމް އަދި ގީލާ އަލީގެ ނަންފުޅުތަކަށް ވޯޓު ނަގާފައެއް ނުވެއެވެ. ނޮން-ރެސިޑެންޓް ސަފީރުންނަކީ ކަނޑައަޅާ ގައުމުގައި ދިރިއުޅުއްވާ ބަދަލުގައި، އެހެން ގައުމެއްގައި ހުންނަވައިގެން އެ ގައުމަކަށް ރާއްޖެ ތަމްސީލުކުރައްވާ ސަފީރުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް