ads
ކެޓްރީނާ ކެއިފް. ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް އޭނާ ވަނީ ހަމަޖައްސާފައި.
ރާއްޖޭ އިޝްތިހާރުކުރަން ގްލޯބަލް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
Advertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިއަދު ބުނީ ކެޓްރީނާއަށް ބްރޭންޑް އެމްބެސެޑަރުކަން ދިނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތަކާއެކު ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަން ތަޖުރިބާކުރަން ޓޫރިސްޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ކެޓްރީނާ ބުނީ ރާއްޖެއަކީ މުޅި ދުނިޔެއަށްވެސް ގުދުރަތީ ރީތިކަމުގައި މަޝްހޫރު މަންޒިލެއް ކަމަށާއި އެެހެންވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްބެސަޑަރުކަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. 

މި ޕާޓްނަޝިޕާ ގުޅުވައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ މާގަމަށް ކެޓްރީނާ ފަދަ ބޭފުޅެއް ހަމަޖެހުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.

ކެޓްނީރާއަށް މަރުހިބާ ކިޔުއްވައި، ޝިއުރީ ވިދާޅުވީ، ކެޓްރީނާގެ ފޭނުންނާ އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން މި ޕާޓްނަޝިޕް ފުރިހަމަކޮށް ދޭނެ އެމްބެސަޑަރަކަށް ވާނެ ކަމަށެވެ.

ސަމާ ސޭލް ކެމްޕެއިނުގައި އިޝްތިހާރުކުރާނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި ބުޓީކް ގެސްޓުހައުސްތަކާއި އާއިލާތައް އެއްކޮށް ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު ތަންތަން އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެގޮތުން، މި ކެމްޕެއިން ކުރިއަށް ދާނީ އިނގިރޭސިވިލާތާއި ރަޝިއާއާއި އަދި ސީއައިއެސްއާއި ޑީއޭސީއެޗް ސަރަހައްދާއި އިޓަލީއާއި ޕޮލެންޑާއި ސްޕެއިން އަދި އިންޑިއާ ފަދަ މުހިންމު މާކެޓުތަކުގައެވެ.

ކެޓްރީނާއަކީ ބޮލީވުޑްގައި ތިބި އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާއަކީ ވިޔަފާރީގައިވެސް ކާމިޔާބު މީހެކެވެ. އެގޮތުން ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފް ކެޓްރީނާއަށް ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް