ads
ޓްރެފިކް ފުލުހުން ސްޕީޑު ގަން ބޭނުންކުރަނީ:
ރާއްޖޭގައި ދުއްވާ އުޅަނދުތައް ޓްރެކްކުރަން އާ ޓެކްނޮލޮޖީއެއް ތައާރަފްކުރަނީ
ރާއްޖޭގައި ދުއްވާ އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އާރްއެފްއައިޑީ ޓެކްނޮލޮޖީ ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވިއެވެ.
Advertisement

މިނިސްޓަރު މިކަން ހާމަކުރެއްވަމުން ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ބޭނުންކުރަމުންދިޔަ ނަމަވެސް، މި އުޅަނދުތަކަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދެވިފައި ނުވާތީ މިކަމަށް ހައްލެއް ހޯދުމަށް އާރްއެފްއައިޑީ ނިޒާމު ތައާރަފްކުރުމަށް ނިންމާފައިވާކަމަށެވެ.

އާރްއެފްއައިޑީ ނިޒާމަކީ ކޮބާ؟ 

އާރުއެފްޑީއައި RFID (Radio Frequency Identification) ޓެކްނޮލޮޖީއަކީ ރޭޑިއޯ ފްރީކުއެންސީ މެދުވެރިކޮށް އައިޑެންޓިފިކޭޝަން ޗިޕްތަކުން މައުލޫމާތު ބަދަލުކުރެވޭ ނިޒާމެކެވެ. މި ޓެކްނޮލޮޖީގައި ހިމެނެނީ ކުދި ޗިޕްތަކާއި އެންޓެނާއެކެވެ. މި ޗިޕްތަކުގައި އެކި މައުލޫމާތު ރައްކާކުރެވޭނެއެވެ. ޚާއްސަކޮށް އުޅަނދުފަހަރުގައި ބޭނުންކުރާއިރު، ވެހިކަލްގެ ރަޖިސްޓްރޭޝަން، މިލްކުވެރިޔާގެ މައުލޫމާތު އަދި އެހެނިހެން މުހިންމު މައުލޫމާތު ހިމެނިދާނެއެވެ. އާރްއެފްއައިޑީ ރީޑަރެއް ކައިރިން މި ޗިޕް ދާއިރު، އެ ޗިޕްގައި ހުރި މައުލޫމާތު ކިޔައި، ސިސްޓަމަށް ގެނެވޭނެއެވެ. އުޅަނދުފަހަރުގައި މި ޓެކްނޮލޮޖީ ބޭނުންކުރުމުން ވަގު ނަންބަރު ޕްލޭޓްތައް ދެނެގަތުން، އުޅަނދު ވަގަށްނެގުން ހުއްޓުވުން އަދި ބާރު ސްޕީޑުގައި ދުއްވާ ވެހިކަލްތައް ދެނެގަތުން ފަދަ ކަންކަން ފަސޭހަވެގެންދާނެއެވެ.

ތަފާސް ހިސާބު:

ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި އެކަނިވެސް 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވާއިރު މީގެ ތެރެއިން 70 ޕަސަންޓަކީ ދެފުރޮޅުލީ އުޅަނދުތަކެވެ. 

your imageޓްރާންސްޕޯޓް މިނިސްޓަރު އަމީން 

"މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަގު ނަންބަރު ޕްލޭޓް ބޭނުންކުރުން ހުއްޓުވުމާއި، އުޅަނދާ އެހެން ފަރާތްތަކުން ބެހުމުން އެލާޓް ކުރުމާއި، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަތުމާއި އަދި އުޅަނދު ވަގަށް ނެގުމުގެ މައްސަލަތައް މަދުކުރުމަށް މަގުފަހިވާނެ،" -މިނިސްޓަރު-

މި ނިޒާމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ ނިޒާމެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމަކީ މުހިންމު ކަމެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

މި ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި، މި ނިޒާމު ތައާރަފްކުރުމުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން އިތުރުވެ، ތަންފީޒީ އިދާރާތަކަށް މަސައްކަތްތައް ފަސޭހަވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް