
މިނިސްޓަރު މިހެން ވިދާޅުވީ އަރަފާތު ބިމުގައި ހުންނަވައިގެން ޑރ. ޝަހީމް ވިދާޅުވީ، އަރަފާތު ދުވަހަކީ އިސްލާމީ އުންމަތުގެ މަތިވެރިކަމާއި، އެކަކު އަނެކަކާ އޮންނަ ގުޅުން ރަމްޒުކޮށްދޭ މާތް ދުވަހެއް ކަމަށެވެ. އަދި މިއަހަރުގެ އަރަފާތު ދުވަސް އަންނަނީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަސްވަރެއްގައި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސައޫދީ ސަރުކާރުން މިއަހަރުގެ ހައްޖު މޫސުމަށް ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވެއެވެ. ހާއްސަކޮށް ހައްޖާޖީންގެ ރައްކާތެރިކަމާއި ސިއްހަތާ ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމުކުރައްވާތީ، މިނިސްޓަރު ވަނީ ސައޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީގެ ޓީމުތަކުން ދިވެހި ރައްޔިތުންގެ ހިދުމަތުގައި މަސައްކަތްކުރަމުންދާތީ އެފަރާތްތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ.