
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ "ކަރެކްޝަނަލް އޮފިސާ ޓްރޭނިން ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީ އިހުސާން
ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ ފެންވަރުން، ރަނގަޅު ޖަލުތަކެއް: ހޯމް މިނިސްޓަރު
ގުފްތަގް އަޖީރު
05 ޖޫން 2025 - 14:16:31
ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއްކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ "ކަރެކްޝަނަލް އޮފިސާ ޓްރޭނިން ޕްރޮގްރާމް"ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވެފައިވަނީ ދިމާވާ ހާލަތްތަކުގައި ވަރަށް މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ވާކަން ފާހަގަނުކުރެވޭ ކަމަށެވެ.
ދަސްވެނިވި ބެޗްގެ އޮފިސަރުންނާ މުހާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ "އެ އޮފިސަރުން ގުޅެނީ މިއަދުގެ ކަރެކްޝަންސްއާ ކަމަށާއި މިއީ ވަރަށް ބައިވަރު އޮފިސަރުންގެ ވަރަށް ބުރަ މަސައްކަތާއެކު ހިންގުން ހަރުދަނާވެފައިވާ މުއައްސަސާއެއް." ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނު ކަމަށާއި އެހެންނަމަވެސް ޒިންމާ އަދާކުރުމުގައި އިންތިހާއަށް ރަނގަޅަށް ޒިންމާ އަދާކުރާ މުއައްސަސާއެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ ކަރެކްޝަންސްއަށް ބޭނުންވަނީ އިލްމީ އޮފިސަރުން ކަމަށާއި ޖަލުތަކުގައި މަސައްކަތްކުރަމުން ގެންދާ ހީވާގި، މުރާލި އޮފިސަރުން މި މަސައްކަތްކުރަމުން ގެންދަނީ މުޅި ގައުމުގެ މަސްލަހަތަށް ކަމަށެވެ. އަދި ދަސްވެނިވި ނުވަ އޮފިސަރުންނަށް ނަސޭހަތްތެރިވެލެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރެއްވުމަށާއި ދިއްކޮށްލާ ޕާރސަލް ނުވަތަ ދޭ ފައިސާއަށް ނުހެއްލުމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް