ads
ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްތާޔުގެ ތެރެއިން
ބޮޑު އީދު ފާހަގަކުރުމަށް އެމްއެންޑީއެފުން އިސްނަގައިގެން އާއިލީ ހަވީރުތަކެއް
ހުކުރު ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލޭގައި ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އާއިލީ ހަވީރުތަކެއް ބޭއްވުމަށް ތައްޔާރީތައް ފުރިހަމަކޮށްފައިވާކަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން ބުނެފިއެވެ.
Advertisement

މި ހަވީރުތައް ކުރިއަށްދާނީ ހުކުރު ދުވަހުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ރެއާ ހަމައަށެވެ. މާލޭގައި މި ހަވީރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގައެވެ. އަދި ހުޅުމާލޭގައި މި ހަވީރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކާއި ފޭސް ދޭއްގެ ހިޔާ ޕާކުގައެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މި އާއިލީ ހަވީރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން ފެށިގެން އިރުއޮއްސެންދެނެވެ. ނަމަވެސް ބައެއް ސްޓޯލްތައް ރޭގަނޑުވެސް ހުޅުވިފައި ހުންނާނެއެވެ. މި ހަވީރުތައް ބޭއްވުމަށް އިސްނަގައިގެން އުޅެނީ އެމްއެންޑީއެފުންނެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް މިނިސްޓްރީތަކުގެ ބައިވެރިވުން ވެސް މި ހަވީރުތަކުގައި ބައިވެރިވެއެވެ. 

މި އާއިލީ ހަވީރުތަކުގައި ރާއްޖޭގެ ސަގާފަތާއި އިހުގައި ދިވެހިން ކުޅެއުޅުނު ކުޅިވަރުތައް ދައްކައިލުމުގެ އިތުރުން ޒަމާނީ ކެރެކްޓާތަކާއި އެމްއެންޑީއެފް ބޭންޑުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ. އަދި އެމްއެންޑީއެފުން ބޭނުންކުރާ ބައެއް ހަތިޔާރުތަކާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ހުޅުވާލާނެއެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ތަފާތު ގޭމުތަކާއި ކުޅިވަރު ހަރަކާތްތައް ވެސް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް