ads
އިސްކަންދަރު ސްކޫލް: ފޮޓޯ ވިކިމެޕިއާ
8 އަހަރު ފަހުން, އިސްކަންދަރު ސްކޫލުގެ ވީރާނާވެފައިވާ އިމާރާތް ތަޅާލަން ފަށައިފި
އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ހަދާފައިވާ ދެ ބުރީގެ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވުމުން ބޭނުން ނުކުރާތާ 8 އަހަރު ފަހުން، އެ އިމާރާތް ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
Advertisement

މީގެ 64 އަހަރު ކުރިން އިމާރާތްކުރި އިސްކަންދަރު ސްކޫލްގެ މައި ދޮރާށި ކައިރިން ހުރި އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ މާހިރުން ސާވޭ ހެދުމަށް ފަހު، މިދިޔަ 8 އަހަރުގެ ތެރޭގައި ދެ ފަހަރު އެންގިއެވެ.

އޭ ބްލޮކްގެ މަތީގައި ޖާގަ ތަނަވަސް ހަތް ކްލާސް ރޫމް ހުއްޓަސް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް އެންގުމުން، އެ ކްލާސް ރޫމްތައް ބޭނުން ކުރުން ހުއްޓާލިތާ ހައެއްކަ އަހަރުވެއްޖެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީން އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގެ އިމާރާތް ތަޅާލުމަށްފަހު، އެ ސްކޫލްގެ ގޯތިތެރޭގައި 21 ކްލާސް ރޫމް ހިމެނޭ އާ އިމާރާތެއް އަޅަން ނިންމާފައިވެއެވެ. ދެހާހަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލްގެ އިމާރާތްތައް ހަލާކުވުމާ ގުޅިގެން ކްލާސްރޫމްތައް މަދުވެ، މެނޭޖުކުރުމުގައި ހުރި ދަތިތަކުގެ ޝަކުވާ ބެލެނިވެރިން ކުރަމުން ދަނީ ގިނަ ދުވަސްތަކެއް ވަންދެނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް