
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ރޭ ދަންވަރު މަރުވެފައި ވަނީ ނ. މާފަރު، ހިތްފަސޭހަގެ މޫސާ ހަސަން އެވެ.
ކަރެކްޝަނުން ބުނީ އުމުރުން 45 އަހަރުގެ އެ މީހާއަކީ މިދިޔަ އޭޕްރީލް މަހު އިމަޖެންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި މީހެއް ކަމަށެވެ. އެ މީހާ އަށް ދިމާވި ސިއްހީ ހާލަތަކީ ކޮބައި ކަމެއް ޖަލުން މީހުން ބަލަހައްޓާ އިދާރާ އިން ނުބުނެ އެވެ.
މޫސާ ހަސަނަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އައި މީހެކެވެ.
ހަސަން މަރުވުމާ ގުޅިގެން ކަރެކްޝަންއިންސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފަ އެވެ.