ads
ދިވެހި ހާޖީން އަރަފާތު ޓެންޓުގައި ހެނދުނުގެ ސައިގެ ވަގުތުގައި
ދިވެހި ހުރިހާ ހާޖީން އަރަފާތަށް ވަދެ ހަމަޖެހިލައިފި
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން އަރަފާތަށް ވަދެއްޖެކަމަށާއި ހުރިހާ ހާޖީންގެވެސް ހާލު ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
Advertisement

ދިވެހި ހައްޖާޖީން އަރާފަތަށް ދަތުރު ފެށީ ރޭ މައްކާ ގަޑިން 21:30 އެވެ. އަދި ފަތިސްވުމުގެ ކުރިން ހުރިހާ ހާޖީންވަނީ އަރާފާތަށް ގޮސްފައެވެ. 

your imageދިވެހި ހާޖީން އަރަފާތު ޓެންޓުގައި މަޑުކޮށްލައިގެން

އަރަފާތު ސަރަހައްދުގައި މިއަދު ހޫނުމިމް 50 ޑިގްރީ ސެލްސިއަސް އާ ގާތް ކުރާނެކަމަށް ސައުދީ ސަރުކާރުނ.ް  އިން ބުނެއެވެ. އެހެންކަމުން ސައުދީ ސަރުކާރުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ހައްޖު މިޝަން އިން ވަނީ އެދިފައެވެ.

" ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހައްޖާޖީން މާދަމާ ހެނދުނު 10:00 އަކުން ފެށިގެން ހަވީރު 4:00 އަކާ ހަމައަށް އެ ބަޔަކަށް ހާއްސަކުރެވިފައިވާ ޓެންޓުތަކުގައި ތިބުމަށް ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި." ހައްޖު މިޝަންއިން ބުނެއެވެ.

your imageދިވެހި ހާޖީން އަރަފާތު ޓެންޓުގައި ހެނދުނުގެ ސައިގެ ވަގުތުގައި

މި އަހަރު ރާއްޖެއިިން ހައްޖަށް ގޮސްފައިވަނީ ރަސްމީ ކޯޓާގެ ގޮތުގައި ލިބޭ 1000 މީހުންނެވެ. 

ހައްޖުގެ އަޅުކަން ފުރިހަމަ ކުރަން ހައްޖާޖީން އަރާފާތަށް ވަންނަން ފަށާފައިވާއިރު މިއަދު އެއްކޮށް އަރަފާތު ޓެންޓްތަކުގައި ތިބުމަށްފަހު އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހުކުރު ވިލޭރޭ ހުރިހާ ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރުމަށްފަހު މިނާގެ ފޭލިގެތަކަށް ވަންނާނީ އީދު ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް