ads
ދިވެހި ހައްޖުވެރިން އަރަފާތު ޓެންޓުގައި
ދިވެހި ހާޖީން އަރަފާތަށް ދާން ފަށައިފި
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން އަރަފާތަށް ދާން ފަށައިފިކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
Advertisement

ދިވެހި ހައްޖުވެރިން މިނާއިން އަރަފާތަށް ދިއުމަށް ދަތުރު ފަށާފައިވަނީ ސައުދީ ގަޑިން މިރޭ ރޭގަނޑު 9:30 ގައިކަމަށް ހައްޖު މިޝަން އިން ބުނެއެވެ. 

މާދަމާ އަކީ އަރަފާތް ދުވަސްކަމަށާއި މޫސުން ލަފާކުރާ ގޮތުގައި މާދަމާ ވަރަށް ހޫނު ގަދަވާނެކަމަށް ދިވެހި ހައްޖު މިޝަން އިން ބުނެއެވެ. އެހެންކަމުން ސައުދީ ސަރުކާރުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް ހައްޖު މިޝަން އިން ވަނީ އެދިފައެވެ.

" ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހައްޖާޖީން މާދަމާ ހެނދުނު 10:00 އަކުން ފެށިގެން ހަވީރު 4:00 އަކާ ހަމައަށް އެ ބަޔަކަށް ހާއްސަކުރެވިފައިވާ ޓެންޓުތަކުގައި ތިބުމަށް ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި." ހައްޖު މިޝަންއިން ބުނެއެވެ.

 

މި އަހަރު ރާއްޖެއިިން ހައްޖަށް ގޮސްފައިވަނީ ރަސްމީ ކޯޓާގެ ގޮތުގައި ލިބޭ 1000 މީހުންނެވެ. 

your imageހައްޖުވެރިން އަރަފާތަށް ދަތުރުކުރަނީ

ދިވެހި ހުރިހާ މިނާއަށް ދިޔައީ ރޭގެ ވަގުތެއްގައެވެ. ދިވެހި ހައްޖުވެރިން މިނާއަށް އުފުލާފައިވަނީ ޖުމްލަ 21 ބަހުގައެވެ. 

ހައްޖުގެ އަޅުކަން ފުރިހަމަ ކުރަން ހައްޖާޖީން އަރާފާތަށް ވަންނަން ފަށާފައިވާއިރު މާދަމާ އެއްކޮށް އަރަފާތު ޓެންޓްތަކުގައި ތިބުމަށްފަހު އަރަފާތު ބިމުން ނުކުންނާނީ ހައްޖު ދުވަހުގެ އިރު އޮއްސުމުންނެވެ. އަދި ހުކުރު ވިލޭރޭ ހުރިހާ ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރުމަށްފަހު މިނާގެ ފޭލިގެތަކަށް ވަންނާނީ އީދު ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް