ads
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
ބޮޑު އީދުގައި މޯލްޑިވިއަން އިން 111 ފުލައިޓު އަޅާނެ
ބޮޑު އީދުގައި މޯލްޑިވިއަން އިން 111 ފުލައިޓު އަޅާނެ ކަމަށް ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފިއެވެ.
Advertisement

މި މަހުގެ 1 އިން 9 އަށް މޯލްޑިވިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ވެސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. 

މި ފަހަރުގެ ބޮޑު އީދުގެ ބަންދު ދުވަސްތަކާ ދިމާކޮށް އެންމެ ގިނަ ދަތުރުތައް ކުރަނީ ލ. ކައްދޫއަށެވެ. މޯލްޑިވިއަން އިން ކޮންމެ އީދަކާ ދިމާކޮށް ވެސް ޑިމާންޑަށް ބަލައި ދަތުރުތައް އިތުރުކުރާއިރު، މިދިޔަ ފިތުރު އީދާ ދިމާކޮށް 30 ފުލައިޓު އިތުރަށް އެޅިއެވެ.

މިވަގުތު މޯލްޑިވިއަންގެ ފުލީޓުގައި 25 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ދަތުރު ކުރަން ހާއްސަކޮށްފައިވާ ފަސް އޭޓީއާރު މަތިންދާބޯޓާއި 11 ސީޕުލޭން ހިމެނެއެވެ. އެ އެއާލައިނުން އަތޮޅު ތެރޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރާއިރު، ރާއްޖޭގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި އިންޑިއާގެ ތިން ސިޓީއެއްގެ އިތުރުން މެލޭޝިއާ އަށް ވެސް މޯލްޑިވިއަން އެއާލައިންގެ ދަތުރުތައް ވަނީ ފުޅާކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް