ads
ލާލު ޕްރަސާދް ޔާދަވް ދަރިފުޅު ޓެޖް ޕްރަތާޕް ޔާދަވް އާއެކު
އިންޑިޔާގައި ސިސާސީ ގަޑުބަޑެއް: ރާއްޖެއަށް ދަތުރެއް، ނިޝޫ ކިޔާ އަންހެނަކާ ނަހަމަގުޅުން!
ބީޖޭޕީގެ ލީޑަރު ޑރ. ނިހިލް އާނަންދް ވަނީ ލާލު ޕްރަސާދް ޔާދަވްގެ ދަރިފުޅު ޓެޖް ޕްރަތާޕް ޔާދަވް، ނިޝާ ސިންހާ ކިޔާ އަންހެނަކާއެކު ކައިވެނީގެ ބޭރުން ގުޅުމެއް އޮތްކަމަށް ތުހުމަތުކޮށްފައެވެ.
Advertisement

ސޯޝަލް މީޑިއާގައި ފެތުރުނު ފޭސްބުކް މެސެންޖާ ޗެޓްތަކެއްގައި ދައްކާގޮތުން، ޓެޖަޝްވީ ޔާދަވް ވަނީ ޓެޖް ޕްރަތާޕް އަދި ނިޝާ ސިންހާއަށް ރާއްޖެއަށް ކުރި ދަތުރެއް ސްޕޮންސާ ކޮށްދީފައެވެ.

ޓެޖް ޕްރަތާޕް ޔާދަވްއަކީ އިންޑިއާގެ ސިޔާސީ ލީޑަރެކެވެ. އޭނާއަކީ ބިހާރު ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރުން ކަމަށްވާ ލާލު ޕްރަސާދް ޔާދަވް އަދި ރަބްރީ ދޭވީގެ އެންމެ ބޮޑު ދަރިފުޅެވެ. އޭނާ އުފަންވެފައިވަނީ 16 އޭޕްރިލް 1988 ގައި ބިހާރުގެ ގޮޕާލްގަންޖްގައެވެ.

ނިހިލް އާނަންދް ހިއްސާކުރި ލީކްވި ޗެޓްތަކުގައި ޓެޖް ޕްރަތާޕްގެ ދެ ގާލްފްރެންޑުންގެ މެދުގައި ބަދަލުކުރެވުނު މެސެޖުތައް ހުރިކަމަށް ބެލެވެއެވެ. މި ޗެޓްތަކުން ދައްކާގޮތުން، ޓެޖް ޕްރަތާޕްގެ ކުރީގެ އަނބިކަނބަލުން އައިޝްވަރިޔާ ރާއި ފިޔަވައި އިތުރު ދެ އަންހެނަކާއެކު ގުޅުންތަކެއް އޮތްކަމަށް ދައްކައެވެ. އަދި މި ޗެޓްތަކުން ޔާދަވް އާއިލާގެ ތެރޭގައި ހިނގާ އެތެރޭގެ ސިޔާސީ އަދި އަމިއްލަ ދަތިތަކެއް ހުރިކަން ހާމަވެއެވެ.

ބީޖޭޕީ ލީޑަރު އިތުރަށް ތުހުމަތުކުރީ ޓެޖް ޕްރަތާޕް އާއިލާއިން އަދި ޕާޓީން ވަކިކުރުމަކީ ވަގުތީ ސިޔާސީ ފިޔަވަޅެއްކަމަށާއި، އިންތިހާބަށްފަހު އޭނާ އަނބުރާ ގެނައުމުގެ ރޭވުމެއް އޮތްކަމަށެވެ. އޭނާ އިތުރަށް ބުނީ މި ލީކްވި ޗެޓްތަކުން ވަންހަނާކުރަން މަސައްކަތްކުރި ކަންތައްތަކެއް ހާމަވެފައިވާ ކަމަށާއި، މި މެސެޖުތަކުގެ އަސްލާއި ސައްހަކަން ބެލުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ ކަމަށެވެ. 

ޓެޖް ޕްރަތާޕްގެ ޕާޓީން ވަކިކުރުމަށްފަހު، އޭނާގެ އަނބިކަނބަލުން އައިޝްވަރިޔާ ރާއި ވަނީ "ތިޔަ ބޭފުޅުން އަހަރެންގެ ދިރިއުޅުން ނައްތާލަން ބޭނުންވީ ކީއްވެ؟" މިހެން ބުނެ ޔާދަވް އާއިލާއާ ސުވާލު އުފައްދާފައެވެ.

ޓެޖް ޕްރަތާޕްއަކީ ރަޝްޓްރިޔާ ޖަނަތާ ދަލް (އާރްޖޭޑީ) ޕާޓީގެ މެންބަރެކެވެ. އޭނާ ކުރިން ބިހާރު ސަރުކާރުގެ އެންވަޔަރަމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓަރުގެ މަގާމު ފުރާފައިވެއެވެ. އަދި ހެލްތު މިނިސްޓަރުގެ މަގާމުވެސް އަދާކޮށްފައިވެއެވެ.

މިގޮތުން 2018 ގައި ޓެޖް ޕްރަތާޕް ޔާދަވް އައިޝްވަރިޔާ ރާއިއާ ކައިވެނިކުރިއެވެ. ނަމަވެސް މި ދެމަފިރިންގެ ކައިވެނި ރޫޅުނެވެ. 

ފަހުން މި މޭ މަހު ގައި އޭނާގެ ފޭސްބުކް އެކައުންޓުގައި އެނޫޝްކާ ޔާދަވް ކިޔާ އަންހެނަކާއެކު 12 އަހަރުގެ ގުޅުމެއް އޮތްކަމަށް ބުނި ޕޯސްޓަކާ ގުޅިގެން، އޭނާގެ ބައްޕަ ލާލު ޕްރަސާދް ޔާދަވް ވަނީ 25 މޭ ގައި ޓެޖް ޕްރަތާޕް މަސައްކަތް ކުރަމުން ދިޔަ ޕާޓީން 6 އަހަރަށް ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ޓެޖް ޕްރަތާޕް ބުނެފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށެވެ.

އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލްވެސް ހިންގާ "އެލް-އާރް ވްލޮގް" ގައި ޓެޖް ޕްރަތާޕް އޭނާގެ ދިރިއުޅުމާއި ދަތުރުތަކުގެ ވީޑިއޯތައް ހިއްސާކުރެއެވެ. މި ޗެނަލަށް 100,000 އަށްވުރެ ގިނަ ސަބްސްކްރައިބަރުން ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް