ads
ކުނަލް ކެމޫ ރާއްޖޭގައި އުފަންދުވަސް ފާހަގަކުރުން
ޝުކުރުގެ މެސެޖަކާއެކު ކުނަލް ކެމޫ އުފަން ދުވަސް ފާހަގަކުރީ ރާއްޖޭގައި
ބޮލީވުޑް އެކްޓަރު ކުނަލް ކެމޫ 42 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވަނީ ރާއްޖޭގައިކަން ހާމަވެއްޖެއެވެ.
Advertisement

އޭނާގެ އަންހެނުން ސޯހާ އަލީ ހާންއާއި ދަރިފުޅު އިނާޔާއާއެކު ރާއްޖޭގައި ޗުއްޓީއަކަށް އައިސް ހުރި ކަން ހާމަކުރީ، އުފަންދުވަހާ ގުޅިގެން ލިބުނު މެސެޖުތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއްގައެވެ.

ކޭކް ފެޅުމާއިއި، ފެން ބުއިމާއި، ޔޯގާ ހެދުން ފަދަ ހަރަކާތްތަކުގައި ބައިވެރިވެ، މަޖާކޮށްލާފައިވާ ފޮޓޯތައް ކުނަލް ކެމޫ ޝެއަކޮށްފައިވެއެވެ. އޭނާ އުފަންދުވަސް ފާހަގަކޮށްފައިވަނީ "ކޮމޯ މާލިފުށި" ގައެވެ.

your imageކުނަލް ކެމޫ އުފަންދުވަސް ރާއްޖޭގައި ފާހަގަކުރުން

ކުނަލް ވަނީ އުފަންދުވަހާ ގުޅިގެން މެސެޖު ފޮނުވި އެންމެނަށް ޝުކުރު އަދާކޮށް، މި ރިސޯޓުން ދިން މެހެމާންދާރީއަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ކުނަލް ކެމޫއަށް ކަރިޝްމާ ކަޕޫރު އަދި ކަރަން ޖޯހަރު ފަދަ ބޮލީވުޑްގެ ތަރިން ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ. 

ކުނަލް ކެމޫ މިހާރު މަސައްކަތްކުރަމުން އަންނަނީ "ސިންގަލް ޕަޕާ" ގެ ނަމުގައި އޮންލައިން ސިރީސްއެއްގައި ނެހާ ދުޕިއާއާއެކު އެވެ. ޝަޝަންކް ހައިތަން އެކުލަވާލާފައިވާ މި ސިރީސްއަކީ އޯޓީޓީގައި ދައްކާނެ ސިރީސްއެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް