ads
އަންކިޓާ އާއިލާއެކު ރާއްޖޭގައި
ރާއްޖޭ އައިސް އަންކިޓާގެ މަންމަ ދަނބިދަރި ކުރިމަތީ ނެށި ވީޑިއޯއަކަށް ސަމާލުކަން
އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް އަންކިޓާ ލޮކަންޑޭ މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އޭނާގެ މަންމަ ދަނބިދަރި ކުރިމަތީގައި ނެށި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.
Advertisement

އުމުރުން 40 އަހަރުގެ މި އެކްޓްރެސްގެ ޗުއްޓީގައި އޭނާގެ ފިރިމީހާ ވިކީ ޖައިން، މަންމަ ވަންދަނާ އަދި އޭނާގެ ބޭބެ އަރުޕަން ވެސް މި ޗުއްޓީގައި ބައިވެރިވެއެވެ. 

އަންކިޓާ ގަވާއިދުން އޭނާގެ ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝެއާ ކުރަމުންދާއިރު، އޭނާގެ އެންމެ ފަހުގެ ޕޯސްޓުގައި ހުދު ހެދުމުގައި އޭނާގެ އާއިލާ ވެސް ދައްކާލިއެވެ. އޭގެތެރޭގައި އަންކިޓާގެ މަންމަ ދަނބިދަރި ވިކީ ކުރިމަތީގައި އުފަލުން ނަށަމުންދާ މަންޒަރު ދައްކާ ވީޑިއޯއެއް ވެސް ހިމެނެއެވެ. މި ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވެއެވެ.

 އަންކިޓާ ލޮކަންޑޭ މިހާރު އަންނަނީ ކަލާސް ޗެނަލްގެ 'ލާފްޓާ ޗެފްސް 2' ޕްރޮގްރާމްގައި ބައިވެރިވަމުންނެވެ. މި ޕްރޮގްރާމް ހޯސްޓް ކުރަނީ މަޝްހޫރު ކޮމީޑިއަން ބަރުތީ ސިންގެވެ. އަލީ ގޯނީ، ނިއާ ޝަރުމާ، ކްރިޝްނާ އަބިޝެކް އަދި ސުދޭޝް ލަހިރީ ފަދަ މަޝްހޫރު ފަންނާނުން ވެސް މި ޕްރޮގްރާމްގައި ބައިވެރިވެއެވެ.

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް