ads
ޕާކިސްތާނުގެ މުޒައްފަރުއާބާދަށް އިންޑިއާއިން ދިން ހަމަލާގައި ހަލާކުވެފައިވާ ތަނެއް - ފޮޓޯ/އޭޕީ
އިންޑިޔާއިން ޕާކިސްތާނަށް މިސައިލް ހަމަލާއެއް ދީފި
ދެކުނު އޭޝިޔާގެ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުހީވެފައިވަނިކޮށް އިންޑިޔާއިން ޕާކިސްތާނަށް ވަރުގަދަ މިސައިލް ހަމަލާއެއް ދީފި އެވެ.
Advertisement

އިންޑިއާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ހަމަލާތައް ދިނީ ނުވަ ސަރަހައްދަކަށެވެ.

ހަމަލާތައް އަމާޒުކުރީ ޓެރަރިސްޓު ޓާގެޓުތަކަށް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަނީ އިންޑިއާގެ ހަމަލާތައް އަމާޒުވީ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށް ކަމަށެވެ. މި ހަމަލާތަކުގައި ޕާކިސްތާނުގެ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މަރުވި މީހުންގެ އަދަދެއް ސާފެއް ނޫނެވެ.

ޕާކިސްތާނުން ބުނީ "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި އިންޑިއާއިން ދިން ހަމަލާތަކުގައި އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށާއި ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. ޕާކިސްތާނުން ބުނި ގޮތުގައި މަދުވެގެން ފަސް ތަނަކަށް އިންޑިއާއިން ހަމަލާދީފައި ވާއިރު އެ ހަމަލާތަކުގައި ކުޑަކުއްޖަކު ވެސް މަރުވެފައިވާ ކަމަށެވެ.

your imageކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް އިންޑިއާއިން މިސައިލް ހަމަލާ ދިނުމާ އެކު އާންމުން މަގުތަކަށް ނުކުމެ ވާނުވާ ބަލަނީ. - ފޮޓޯ: އޭއެފްޕީ

އިންޑިއާގެ އެ ހަމަލާގެ ބަދަލުގައި އިންޑިއާގެ ފަސް މަތިންދާބޯޓަށް ބަޑިޖަހައި ވައްޓާލަފައިވާ ކަމަށާއި ގިނަ އަދަދެއްގެ ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ އާސިފާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ނިއުކްލިއާ ދެ ބާރުގެ ދެމެދުގައި މި ފަހުން މައްސަލަ ގޯސްވީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއަށް ފަހުގަ އެވެ. ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި އާންމުންނަށް އަމާޒުކޮށް އޭޕްރީލް 22، ގައި ދިން ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގަ އެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. 

އިންޑިޔާއާއި ޕާކިސްތާނުން ވަނީ މިހާތަނަށް ހަތަރު ހަނގުރާމައެއް ކޮށްފައެވެ. އޭގެ ތެރެއިން ތިން ހަނގުރާމަ ކޮށްފައި ވަނީ ކަޝްމީރުގެ މައްސަލާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް