ads
ސިޔާމް، ރައީސް އަރިހުގައި - ފޮޓޯ:ރައީސް އޮފީސް
އެމްޑީއޭއިން ސަރުކާރު ކޯލިޝަނުން ވަކިވެއްޖެ، ސަބަބެއް ނުބުނޭ
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މި ސަރުކާރުގެ ކޯލިޝަނުން ވަކިވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ ސަރުކާރާ އެކީ މިހާރު އޮތީ ވެރިކަންކުރާ ޕާޓީ، ޕީއެންސީ އެކަނި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ހެދި ކޯލިޝަންގައި އޮތް އެމްޑީއޭއިން ވަކިވެފައިވާކަމަށެވެ. އަދި އެމްޑީއޭ ކޯލިޝަނުން ވަކިވީ އެކި ކަންކަމުގައި އުފެދުނު ބައެއް ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

" ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކާއި މައްސަލަ، މައްސަލައެއް ނޫން. ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތައް ބައެއް ކަންކަމުގައި، ބައެއް މައްސަލަތަކުގައި އެގޮތަށް ދިމާވި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް ކޯލީޝަން ރޫޅާލަން ޖެހުނު މައްސަލައިގެ ތަފްސީލެއް ރައީސް ނުދެއްވައެވެ. 

މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ފުރަތަމަ އޮތީ އޭރު ވެރިކަމުގައި އޮތް  އެމްޑީޕީއާ އެކު ކޯލިޝަންއެއްގައެވެ. އެހެންނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ކޯލިޝަން ރޫޅާލައި އެމްޑީއޭއިން ވަނީ އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް ތާއިދު ކޮށް ކޯލިޝަން ހަދާފައެވެ. 

މިދިޔަ ފެބްރުއަރީ މަސް ތެރޭ އެމްޑީއޭއިން ވަނީ ދެ ޕާޓީގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަމަށް އިހުތިރާމު ނުކުރާ ނަމަ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
83%
ވަރަށް ސަލާމް
ކޮމެންޓްސް