
މިރޭ މާލޭގައި 3 މިނެޓަށް ހަވާ އަރުވަނީ
މުހައްމަދު އާދަމް އަހްމަދު
02 މޭ 2025 - 16:26:20
މިރޭ މާލޭގައި ހަވާ އަރުވަން ނިންމާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ ހަވާ އަރުވާނީ 23:30 ގައި ކަމަށެވެ. އަދި ހަވާ އަރުވާނީ މާލޭގެ އުސްފަސްގަނޑު ދިމާ ބޭރުންކަމަށްވެސް އެމްއެބްޑީއެފުން ބުނެއެވެ.
މީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ހަވާއެރުވުން ކުރިއަށް ދާނީ 3 މިނެޓެއް ހާއިރަށްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލަށް ސިފްކޯ މެދުވެރިކޮށް ހަވާ އެރުވުމަކީ މިހާރު ވަރަށް އާއްމުކަމެކެވެ. އެގޮތުން ކައިވެނީގެ ހަފްލާތަކާއި އުފަންދުވަހުގެ ހަފްލާތަކަށް ފަހަކަށް އައިސް އަންނަނީ ހަވާ އަރުވަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް