ads
ޓްރާންސްޕޯޓް މިނިސްޓަރު އަމީން
އިތުބާރު ނެތް މައްސަލައިގެ ނޯޓިސް އަމީނަށް ފޮނުވައިފި
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް އޭނާއަށް ފޮނުވާފައިވާކަމަށް ރައްޔިތުން މަޖިލީހުން ބުނެފިއެވެ.
Advertisement

ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ހާދިސާގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ އިދިކޮޅު އެމްޑީޕީންނެވެ. 12 މެމްބަރުންގެ ސޮޔާ އެކު އެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ.

މަޖިލިހުގެ ގަވާއިދު ބުނާގޮތުން ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މިނިސްޓަރަކަށް މަޖިލިހުގެ އިދާރާއިން އަންގަން ޖެހެއެވެ. އަދި އެ މައްސަލައަކާ ގުޅިގެން އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު މިނިސްޓަރަށް ލިބޭނެކަމަށް މަޖްލީހުގެ ގަވާއިދުގައި ވެއެވެ.

އަމީން އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުކަމަށް މަޖިލީހުން ބުނެއެވެ. ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ނިންމާ ޗުއްޓީއަށް ދިއުމުގެ ކުރިން އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް މަޖލީހުން މަސައްކަތް ކުރާކަން ވަނީ އެނގިފައެވެ. 

އަމީންގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީން ހުށައެޅި މައްސަލަގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ފުލުހުން އަމީންގެ ގެ ފާސްކުރަމުން ދިޔަ ވަގުތު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއަށް ފޯނުން ގުޅުއްވުން ވަނީ ފާހަގަކޮށްފައެވެ  މީގެއިތުރިން ސީސީޓީވީ ކެމެރާ އެ ގޭގައި ހަލާކުވެފައިވާ ކަމަށް ބުނެ ސީސީޓީވީ ފުޓޭޖުތައް ބަލަން ފުލުހުންނަށް ނުދިނުމަކީވެސް  ކަންބޮޑުވުމެއް ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް